
ލިވަޕޫލް ދޫކޮށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް އެ ކުލަބުގެ ދަނޑަށް އައުމުން ރެއާލް މެޑްރިޑްގެ ޖާޒީގައި ޓްރެންޓް އެލެގްޒެންޑާ އާނޮލްޑަށް ސަޕޯޓަރުން ވަރަށް ބޮޑަށް މަލާމާތްކޮށްފި އެވެ. ރެއާލް އަތުން 1-0އިން ލިވަޕޫލް ބަލިވި މެޗުގައި އާނޮލްޑް ވާމްކުރިއިރު ވެސް ސަޕޯޓަރުން އޭނާ އަށް ފުރައްސާރަކޮށް ބައެއް ސަޕޯޓަރުން ވަނީ ހުތުރު ނަންނަމުން އޭނާ އަށް މުހާތަބްކޮށްފަ އެވެ. ސަޕޯޓަރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް މައްސަލައެއް ނެތްކަމަށް ބުނި ކުޅުންތެރިޔާ ދަނޑުގައި ހުރީ ވަރަށް ބޮޑަށް ހެވިފަ އެވެ. އޭނާ ކުޅެން ނުކުތީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. މިއާއެކު މުޅި ދަނޑު ގުގުމާލީ އޭނާ ކުލަބު ދޫކޮށްލުމާމެދު އުފެދުނު ރުޅިވެރިކަމުގެ ޝުއޫރުތަކުންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލަށް ކުރިން ކުޅުނު ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ އާނޮލްޑް ހުރީ އެކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
“އޭނާ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާ އަށް ވެސް އެނގޭ މިފަދަ ކަމެއް ހިނގާނެކަން. އޭނާ ހުރީ އެކަމަށް ތައްޔާރުވެގެން. އެހެންވީމާ އެއީ މައްސަލައެއްނޫން. އޭނާ ކުޅެން ނެރުނީ ފްލޭންކްތަކުން އޭނާގެ ކޮލިޓީ އަހަރުމެންނަށް ބޭނުންވާތީވެ. ދެން ލިވަޕޫލްގެ މި ދަނޑުން ފެނިގެން މިދިޔައީ ޗެމްޕިއަންސް ލީގު މެޗެއްގެ ފޯރި އާއި ޖޯޝް. އެއީ މިތަނަށް ވަރަށް ހާއްސަ ކަމެއް،” 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު އަލޮންސޯ ބުންޏެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ އާނޮލްޑް އާއި އޭނާ ބައްދަލުވި ކަމަށެވެ. “ވަރަށް ކުޑަކޮށް އޭނާއާ ބައްދަލުވި. އަހަރެން އޭނާގެ ގައިގަ ބައްދާލިން. އޭނާ އަކީ އަހަރެންނަށް ވަރަށް ހާއްސަ ކުޅުންތެރިއެއް. އޭނާއާ ކޮންމެ ވަގުތަކު ދިމާވިޔަސް އަހަރެން އޭނާގެ ގައިގަ ބައްދާލަން. އޭނާ އަކީ މި ކުލަބަށް ވަރަށް ގިނަ ހިދުމަތް ކޮށްދީފައި ހުރި ކުޅުންތެރިއެއް،” ސްލޮޓް ބުންޏެވެ.
ލިވަޕޫލްގެ ޔޫތު އެކަޑަމީން ފެށިގެން އެ ކުލަބުގެ ވައިސް ކެޕްޓަންކަމާ ހަމައަށް ދަތުރު ކުރި އާނޮލްޑް ވަނީ ދެ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި އެއް ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕެއްގެ އިތުރުން ވެސް ގިނަ ކާމިޔާބީތައް ލިވަޕޫލަށް އޭނާ ހޯދައިދިނެވެ. ނަމަވެސް ރެއާލް މެޑްރިޑަށް ކުޅެން އޭނާ ނިންމުމުން އެކަން ސަޕޯޓަރުންނަށް ބަލައި ނުގަނެވުނެވެ. މި ގޮތުން އޭނާ ރެއާލް އަށް ދާ ވާހަކަ އަޑުއިވުމާއެކު ކުޅުންތެރިޔާ އަށް ހުސްވި ސީޒަނުގައި މަލާމާތްކޮށް ވެސް ހެދި އެވެ. އެކަން ހުއްޓުނީ ކޯޗާއި ކުޅުންތެރިން އެކަމަށް އެދިގެންނެވެ.
މިހެންވެ އާނޮލްޑް ވެސް ހުރީ އޭނާއާ މެދު ލިވަޕޫލް ސަޕޯޓަރުން މި މެޗުގައި ކަންތައްތައް ކުރާނެ ގޮތަކާމެދު ސުވާލު އުފެދިފަ އެވެ. މެޗުގެ ކުރިން އޭނާ ބުނީ އެހެން ޓީމެއްގެ ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލްގެ ދަނޑަށް ދާ ފުރަތަމަ ފަހަރު ސަޕޯޓަރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް އޭނާގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލު ނުވާނެ ކަމަށެވެ. “ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް އަހަރެންގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލެއް ނުވާނެ. އަހަރެން އަބަދުވެސް ހުންނާނީ ލިވަޕޫލްގެ ސަޕޯޓަރެއްގެ ގޮތުގައި. އަހަރެން ކުލަބު ދޫކޮށްލީ ކުލަބަށް ކާމިޔާބު ހޯދާދީފައި އަހަރެންގެ ހަޔާތުގެ އައު ސޮފުހާއަކަށްޓަކައި،” އާނޮލްޑް ބުންޏެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
