
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން އަތުން 2-1އިން މޮޅުވި ބަޔާން މިއުނިކުން ޖަހަންވީ ހަތަރު ގޯލު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. މެޗަށް ފަހު ވަރަށް ބޮޑަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހިފައި ވާހަކަ ދައްކަމުން ކޯޗު ބުނީ ބަޔާން މިއުނިކުން ގޯލުތައް ޖެހީ އޭނާގެ ޓީމުން ދިން ހަދިޔާތަކުން ކަމަށެވެ. “މި ފަދަ ހަދިޔާ ދޭ ކަމަށް ވަންޏާ މޮޅެއް ނުވާނެ. އަހަރެން ބުނާނީ ދެ ޓީމުގައި ވެސް 11 ކުޅުންތެރިން ހަމައަށް ތިބި އިރު ކުޅުން ރަނގަޅު ކަމަށް. އެކަމަކު އިދިކޮޅު ޓީމުން އެކަކު މަދުވީމަ ފަރުވާ ކުޑަވީ. ދެން އަހަރުމެން މިދެނީ ވަރަށް ރަނގަޅު ހަދިޔާއެއް އެ މީހުންނަށް. ހަގީގަތުގައި އެ މީހުން މި މެޗުގައި ޖަހަންވީ ދެ ގޯލެއް ނޫން. އެ މީހުންނަށް ހަތަރު ގޯލު ޖެހޭނެ،” ކޯޗު ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޕީއެސްޖީ އަށް ކާމިޔާބު ކޮށްދިން ކޯޗު ބުނީ އޭނާގެ ޓީމުގައި އަނިޔާގެ މައްސަލަތައް ހުއްޓަސް އެއީ ބަހަނާއެއް ނޫން ކަމަށެވެ. “ޓީމެއްގެ ގޮތުގައި ކުޅުން ރަނގަޅު ކުރުމަކީ އަހަރުމެންގެ ޒިންމާއެއް. ބައެއް ކުޅުންތެރިން އަނިޔާއިން މުޅިން ރަނގަޅުނުވެ ހުއްޓައި ބޭނުން ކުރަން ޖެހިއްޖެނަމަ އެއީ ކޯޗެއްގެ ގޮތުގައި އަހަރެން ނަގަން ޖެހޭ ޒިންމާއެއް. އެހެންވީމާ މި މެޗުގެ ނަތީޖާ އަކީ ތަޖުރިބާއެއް ބަލައިގެން ކުރިއަށްދާން ޖެހޭނީ،” ކޯޗު ބުންޏެވެ.
މިއީ މި ސީޒަނުގައި ޕީއެސްޖީ ބަލިވި ދެ ވަނަ މެޗެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ ޕީއެސްޖީ ފަދަ މޮޅު ޓީމެއްގެ އަތުން މެޗު ކާމިޔާބު ކުރެވުނީ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށެވެ. “ޓެކްޓިކަލީ އަދި ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން މި މެޗު ވެސް މި ކާމިޔާބު ކުރެވުނީ. މުޅި ޓީމުން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗަކީ ފަސޭހަ މެޗެއްނޫން،” ކޮމްޕެނީ ބުންޏެވެ. މި ސީޒަނުގައި ބަޔާން ދަނީ ކުރީގެ ސީޒަނަށް ވުރެ މޮޅު ކުޅުމެއް ދައްކަމުން ކަމަށް ގިނަ ބަޔަކު ޔަގީން ކުރެ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
