
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ސައުދީ އަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ 6 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރާ ސީނިއަރ ގައުމީ ފިރިހެން ޓީމާއި، އަންހެން ހޭންޑްބޯޅަ ޓީމާ ޖަރޒީ ޙަވާލުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ޓީމުތަކާއި ޖަރޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ނިހާދުއެވެ. އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް ކުރިއަށްދާނީ މިމަހުގެ 7 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ހޭންޑްބޯޅަ، ޓޭބަލް ޓެނިހާއި، ފެތުމެވެ. މިމުބާރާތުގައި ވާދަކުރުމަށް ބައެއް ޓީމުތަކުން މިހާރުވަނީ ސައުދީއަށް ފުރާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މިމުބާރާތް އެންމެފަހުން ބާއްވާފަވަނީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 9 އިން 18 އަށް ތުރުކީގެ ކޮންޔާގައެވެ. މިއަހަރުގެ މުބާރާތުގައި 57 ޤައުމަކުން ތިންހާހަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. އިސްލާމީ ގައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2008 ވަނަ އަހަރުގައެވެ. އެއަހަރުގެ މުބާރާތް ކުރިއަށް ގޮސްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ މައްކާ، މަދީނާ ޖިއްދާ އަދި ޠާއިފްގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
