
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކޮށްފި އެވެ. ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ލުއިޒް ޑިއާޒް ވަނީ ލަނޑެއް ޖަހާ ބަޔާން މިއުނިކަށް ކުރި ހޯދަދީފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު ބަޔާން މިއުނިކް އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް ޕީއެސްޖީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ޖުމްލަ 25 ހަމަލައެއް އުފައްދާފައިވާއިރު އޭގެ ތެރެއިން 9 ހަމަލާއަކީ ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާ ފުރުސަތުތަކެވެ. ޕީއެސްޖީ އަށް މި މެޗުގައި އިތުރު މައްސަލައަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 25 ވަނަ މިނިޓުގައި ބެލޮންޑިއޯ އެވޯޑް އެންމެ ފަހުން ހާސުލުކޮށްފައިވާ އެ ޓީމުގެ ފޯވަޑް އުސްމާން ޑެމްބެލޭ އަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުމާއި ގުޅިގެންނެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 32 ވަނަ މިނިޓުގައި ކޮލަމްބިއާގެ ފޯވަޑް ލުއިޒް ޑިއާޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ޑިފެންޑަރ އަޝްރަފް ހަކީމީ އަށް ލުއިޒް ޑިއާޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ޖޮއައޯ ނަވާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ބަޔާން މިއުނިކް ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ޕީއެސްޖީ އަށް ހަތަރު މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
