
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ރޭ ސްލޭވިއާ ޕްރާގް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ތާރީޚި މޮޅެއް ހޯދައިފި އެވެ. މި މެޗުން އާސެނަލް މޮޅުވިއިރު ހުރިހާ މުބާރާތެއްގައި އެ ޓީމުން އެންމެ ފަހުން ކުޅުނު އަށް މެޗުގައިވެސް ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއީ 1903 ވަނަ އަހަރަށްފަހު އެ ޓީމަށް މި ރެކޯޑް އިއާދަ ކުރެވުނު ފުރަތަމަ ފަހަރެވެ. އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި ސްލޭވިއާ ޕްރާގްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ އަކުންނެވެ. ލިވަޕޫލް އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ބުކަޔޯ ސަކާ އެވެ.
ފުރަތަމަ ހާފުގައި އެންމެ ލަނޑެއް ޖެހުނު ނަމަވެސް އާސެނަލް އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ސްލާވިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއް ނުވަނީސް މިކެލް މެރީނޯ ވަނީ ލިއަންދްރޯ ޓްރޮސާޑްގެ އެސިސްޓަކުން ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި މެޗުގެ 68 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގެ 72 ވަނަ މިނިޓުގައި ލިއަންދްރޯ ޓްރޮސާޑުގެ ބަދަލުގައި މެކްސް ޑައުމަން ކުޅެން އެރުވުމާއިއެކު އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފައެވެ. މި މެޗު ކުޅުނުއިރު އޭނާގެ އުމުރަކީ 15 އަހަރާއި 308 ދުވަހެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅެފައިވާ އެންމެ ޒުވާން ކުޅުންތެރިއަކީ 2020 ވަނަ އަހަރު ބޮރޫޝިޔާ ޑޯޓްމަންޑް އަށް 16 އަހަރާއި 18 ދުވަހުން ކުޅެފައިވާ ޔޫސުފާ މޯކޮކޯ އެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ލީގު ފޭސްގައި މިޙާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. ސްލޭވިއާ ޕްރާގް އަށް ލިބިފައިވާ 2 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 30 ވަނައިގަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
