
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފުވައްމުލައް ސިޓީގައި ގާއިމުކުރާ ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ތެރެއިން އެ ސިޓީއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުވައްމުލައްސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި، ތަރޑް ސްޕޭސް ކޮންސެޕްޓްގެ ދަށުން ރާއްޖޭގައި ހިންގާ ދެވަނަ މަޝްރޫޢު ކުރިޔަށް ގެންދާނީ ފުވައްމުލައްސިޓީގައި ކަމަށެވެ. އޭގެ ފުރަތަމަ މަޝްރޫއު އެދަނީ މާލޭގައި ނިމެމުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އަދި އިތުރު ރަށްރަށުގައި ކުރިޔަށް އޮތްތަނުގައި މިފަދަ މަޝްރޫއުތައް ހިންގަވާނެކަމަށެވެ.
“އެހެންވީމާ މީގެ ތެރެއިން ޒުވާނުންނަށް ވަގުތުތައް ހޭދަކުރުމަށް، ބިނާކުރަނިވި ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ހުރިހާ ފެސިލިޓީއެއް ހަމަޖެހިގެންދާ ޒަމާނީ ބިނާއެއް މީގެ ތެރެއިން ކުރެވިގެންދާނެ” ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިއްޔެ ސޮއި ކުރި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއަކީ ކުޅިވަރުގެ ދާއިރާއިން ފުވައްމުލައް ސިޓީއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އެ ތަނަކީ އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް 1200 މީހުންގެ ޖާގައިގެ ފުރިހަމަ ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކަމަށް ރައީސުލްޖުމްހޫރިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި ކުޅިވަރު މަޝްރޫއުއުތަކުގެ ތެރެއިން ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްވާފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. އަދި ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫއު ހަވާލުކުރެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއިއެވެ. މީގެ އިތުރުން ޔޫތު ތަރޑް ސްޕޭސް ތަރައްޤީކުރުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާދަނޑު އަވަށުގެ ފުޓްސަލް ދަނޑު ވެސް ހުޅުއްވައިދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
