
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސްއަށް މިހާތަނަށް ބޭނުންވާ ކުޅުން ނުދެއްކޭކަމަށާއި އާދިއްތަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް ހޯދުނު ކާމިޔާބީއަކީ ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް ބިލްޑުވުމަށް މުހިންމު ދައުރެއް އަދާކުރާނެ މޮޅެއްކަމަށް އެޓީމުގެ އެސިސްޓެންޓް ކޯޗު ޢަބްދުﷲ ހަނީފް ބުނެފިއެވެ. ލީގުގަ 2-0 ގެ ތަފާތަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގަ ހަނީފް ބުނީ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިހާތަނަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ކުޅުންތެރިންގެ ކޮންފިޑެންސްއަށް އަސަރުކޮށްފައިވުންކަމަށެވެ. އެހެންކަމުން ޓީސީއާ ދެކޮޅަށް ޖެހި ދެ ލަނޑަކީ އީގަލްސްގެ ކޮންފިޑެންސް ބިލްޑުކުރުމަށް މުހިންމު ބާރަކަށް ވެގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ.
”ވަރަށް އުނދަގޫކޮށް ވީ މޮޅެއް މިއީ. ކޮންފިޑެންސް ބިލްޑުކުރުމަށް ވީ ވަރަށް މުހިންމު މޮޅެއް މިއީ” ހަނީފް ބުންޏެވެ. ޓީސީއާ ދެކޮޅަށް ކުޅުނު މެޗަކީވެސް އުނދަގޫ މެޗެއްކަމަށް ހަނީފް ސިފަކޮށްފަވާއިރު އެމެޗުގައި އީގަލްސްއަށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުވެގެން ދިޔަތަން ފެނިގެންވަނީ ގޮސްފައެވެ. އެކަމާ ގުޅޭގޮތުން ހަނީފް ބުނީ ސީޒަނުގަ މިހާތަނަށް އަދި އީގަލްސްއަށް ރަނގަޅު ކުޅުމެއް ދެއްކިފައިނުވުމުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށެވެ. “މީ ހަމަ އަނެއްހެން ކޮންފިޑެންސްގެ މައްސަލަތަކެއް މިއުޅެނީ. މިގޮތަށް ލަނޑުތައް ނުޖެހި މޮޅުނުވެ ޓީމު އޮތް ހާލަތުން. އެހެންވީމާ މީގަ ބޭނުންވަނީ ހަމަ ކޮންފިޑެންސް” ހަނީފް ބުނެފަވެއެވެ.
ހަނީފް ބުނީ ފަރިތަކުރުންތަކުގައި ކުޅުންތެރިން ދައްކާ ހިތްވަރު ރަނގަޅުކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގަ ޓީމުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ނަތީޖާތަކެއް ނެރޭނެކަމުގެ އުންމީދު މިހާރު އައު ވެއްޖެކަމަށް އޭނާ ބުންޏެވެ. “ކޮންފިޑެންސް އައީމަ ރަނގަޅުވާނެ. މަޑުމަޑުން ހަމަ ރަނގަޅުވަމުން ދާނީ” ހަނީފް ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އީގަލްސްއިން މޮޅަކަށް މަސައްކަތްކުރާތާ ގިނަދުވަސްތަކެއް ވެއްޖެކަން ފާހަގަކުރަމުން ހަނީފް ބުނީ މިއީ ޓީމަށް އައު ހިތްވަރެއް ލިބިގެންދާނެ މުހިންމު މޮޅެއްކަމަށެވެ. ޓީސީއާ ވާދަކޮށް ލިބުނު މޮޅާއެކު ލީގު ތާވަލުގެ ކުރިއަށް އީގަލްސްއިން ޖެހެމުން ދާތަން ފެންނާނެކަމަށް އޭނާ ބުންޏެވެ. އީގަލްސްއަކީ ރާއްޖޭގެ ފުޓްބޯޅައިގައި މީގެ ކުރިން ނަން ހިނގާ ޓީމެއްކަމަށާއި މިސީޒަނުގައިވެސް އެންމެ ދަށްވެގެން ގަދަ ހަތަރަކަށް އެރުމަކީ އެޓީމުގެ އަމާޒުކަމަށް އޭނާ ބުންޏެވެ. ގާތްގަނޑަކަށް ދެއަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ ފުޓްބޯޅަ ލީގު އަލުން ފަށާފަވާއިރު ލީގަށް ޓީމުތަކުން ނުކުމެފައިވަނީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށް ފާހަގަވާކަމަށް ހަނީފް ބުންޏެވެ.
“އެހެން އަހަރުތަކާ ޚިލާފަށް ހުރިހާ ޓީމަކުންވެސް ވަރަށް ރަނގަޅަށް ރެޑީވެގެން ވަރަށް ޓަފް މެޗުތަކެއް މިއަންނަނީ. އެހެންވީމަ އެއްވެސް ބަޔަކާ އެއްކޮށް ކުޅޭކަށް ފަސޭހައެއް ނުވާނެ. ކުރިއަށް އޮތް މެޗުވެސް އުނދަގޫ މެޗަކަށްވާނީ. މީގަ އޮންނާނީ މަސައްކަތް ކޮށް ޓެކްޓިކްސް ރަނގަޅު ބަޔަކަށް ހަމަ ކާމިޔާބު ލިބޭނެ” ހަނީފް ބުންޏެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސް ކުޅުނު ހަ މެޗުގެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ދެ މެޗުން ބަލިވެ ތިން މެޗުންވަނީ އެއްވަރުވެފައެވެ. އަދި ޓީސީއާ ވާދަކޮށް ހޯދި 6 ޕޮއިންޓާ އެކު އެޓީމުން ވަނީ ލީގު ތާވަލުގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގުގަ އީގަލްސް ދެން ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
