
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުލަބު ވެލެންސިއާއަކީ ޒުވާން ކުޅުންތެރިންތަކެއް އުފައްދަމުން އަންނަ ޓީމެއްކަމަށާއި، މުސްތަގުބަލުގައި އެއީ ވިދާލާނެ ޓީމެއްކަމަށް ޤަބޫލުކުރާކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިއާގެ މައްޗަށް 5-0 ގެ ތަފާތަކުން ކުރި ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ހާނަންޑޭޒް ވަނީ އިދިކޮޅުން ނުކުތް ވެލެންސިއާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހާނަންޑޭޒް ބުނީ ވެލެންސިއާއަކީ، ވަރަށް ޒުވާން ހުނަރުވެރި ކުޅުންތެރިންތަކަކާއެކު ލީގުގައި ވާދަކުރާ ޓީމެއްކަމަށެވެ. އެހެންކަމުން އެޓީމަކީ މުސްތަގުބަލު އޮތް ޓީމެއްކަމަށް ޤަބޫލުކުރާކަމަށް އޭނާ ބުންޏެވެ. ފުޓްބޯޅަ ކުރިއަރާނީ ޒުވާން އައު ކުޅުންތެރިންނަށް ފުރުސަތުދީ ކުޅުންތެރިން އުފެއްދިގެންކަމަށާ އެކަން ވަރަށް ބޮޑަށް ވެލެންސިއާއިން ފެންނަކަމަށް އޭނާ ފާހަގަކުރިއެވެ.
“މެޗުން ބަލިވިކަމަށް ވިޔަސް ވެލެންސިއާއަށް އަހަރެން މަރުހަބާ ކިޔަން. ވަރަށް ޒުވާން ކުޅުންތެރިންތަކެއް ބައިވެރިކޮށްގެން އެޓީމު އެދަނީ ބިނާ ކުރަމުން. އެ ކުލަބުން ފުޓްބޯޅައިގެ އައު ޖީލެއް ނުކުންނާނެ. މުސްތަބުލަށްޓަކައި އެޓީމުން އެކުރަނީ ވަރަށް ރަނގަޅު މަސައްކަތެއް” ހާނަންޑޭޒް ބުންޏެވެ. ލީގުގަ މިހާތަނަށް ވެލެންސިއާއިން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ގެއްލިފަވީ ނަމަވެސް، އެއްމެޗުން އެއްވަރުގެ އަނެއް މެޗު ކާމިޔާބުކޮށްފަވާއިރު ހާނަންޑޭޒް ބުނީ ވެލެންސިއާއަކީ ހިތްވަރުކުރާ ޓީމެއްކަމަށެވެ. މިފަދަ ލީގެއްގައި ވާދަކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ވެލެންސިއާއިން ދައްކާ ކުޅުމާމެދު އޭނާ އުފާވާކަމަށާ އެއީ އުންމީދީ ޓީމެއްކަމަށް ހާނަންޑޭޒް ފާހަގަކުރިއެވެ.
ހާނަންޑޭޒް ބުނީ ފުޓްބޯޅައަކީ ފަސޭހަ ކުޅިވަރެއް ނޫންކަމަށެވެ. އަދި ކޮންމެ މެޗެއް ކާމިޔާބުވެސް ނުވެދާނެކަމަށް ގަބޫލުކުރަންޖެހޭކަމަށެވެ. ބައެއް މެޗުތަކަކަކީ ފުރުސަތުތައް ގިނައިން ލިބޭ މެޗުތައް ކަމަށާއި، އަނެއްބައި މެޗުތަކަކީ ފުރުސަތުތައް މަދުން ލިބި ނަތީޖާ އަނބުރާލުމަށް އުނދަގޫ މެޗުތަކެއްކަމަށް އޭނާ ފާހަގަކުރިއެވެ. “ފުޓްބޯޅައިގަ ކޮންމެ ފަހަރަކު ކާމިޔާބު ހޯދުމަކީ ވަރަށް އުނދަގޫކަމެއް. ބައެއް މެޗުތަކުގެ ލިބޭ ފުރުސަތުތައް ގިނަވެދާނެ. އެހެންނަމަވެސް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ލިބޭ ފުރުސަތުތައް މަދުވޭ. އެހެންވީމާ ހުރިހާ މެޗަކަށްވެސް ތައްޔާރަށް ތިބެންޖެހޭނީ” ހާނަންޑޭޒް ބުންޏެވެ.
ފުޓްބޯޅަ ކުރިއެރުވަން ޒުވާން ކުޅުންތެރިން އުފައްދަން ޖެހޭކަމަށް ހާނަންޑޭޒް އަންނަނީ އަބަދުވެސް ބުނަމުންނެވެ. ޒުވާން ކުޅުންތެރިން އުފެއްދޭނީ މެޗު ތަޖުރިބާއިންކަމަށާއި، އެހެންކަމުން ހުރިހާ ޓީމަކުންވެސް އެފުރުސަތު ޒުވާން ކުޅުންތެރިންނަށް ދޭ ނަމަ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީވެސް ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބި ޓީމެއްކަމަށާއި، އެކުދިންނަށް މެޗު ތަޖުރިބާ ހޯދައިދިނުމަށް ޚާއްސަ ސަމާލުކަމެއް އަބަދުވެސް ދެމުން އަންނަކަމަށް ހާނަންޑޭޒް ބުންޏެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
