
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެއްވެސް މެޗެއް ފަސޭހަކޮށްލައިގެން ނުވާނެކަމަށާ ހެދޭ ކުޑަކުޑަ ގޯހަކުންވެސް ދެރައެއް ލިބިދާނެކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައަށް އެރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުނީ ފުޓްބޯޅައިގައި އަބަދު އެއްވަރެއްގައި ހިފަހައްޓާލުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ލީގުގެ އެއްވެސް މެޗެއް ފަސޭހަކޮށްލައިގެން ނުވާނެކަމަށާއި، ހެދޭ ކުޑަކުޑަ ގޯހަކުންވެސް ދެރައެއް ލިބިދާނެކަމަށް އޭނާ ބުންޏެވެ.
“ލީގުގަ މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ލިބެމުން އަންނާތީ، އަހަންނަށް ހީވަނީ ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ހަމަޖެހިލެވޭހެން އެބަ. ހެންނަމަވެސް ފުޓުބޯޅައިގަ އެހެން ކަންތައްކޮށްގެން ނުވާނެ. ހެދޭ ކުޑަކުޑަ ގޯހެއްގެ ފައިދާވެސް އިދިކޮޅުން ނަގާފާނެކަމަށް ވިސްނަންވާނެ” ހާނަންޑޭޒް ބުންޏެވެ. ހާނަންޑޭޒް ބުނީ ކޮންމެ މެޗަކާ ކުރިމަތިލާއިރުވެސް ކޮށްފައިވާ ޕްލޭނާ އެއްގޮތަށް ޢަމަލުކުރުން ބުއްދިވެރިކަމަށެވެ. އަދި ކޮންމެ މެޗަކަށްވެސް ނުކުންނަންވާނީ މޮޅުވުމުގެ ރޫހުގަ ކަމަށާ މާޒިޔާއިން އަބަދުވެސް މަސައްކަތްކުރަނީ ރޭންކިންގެ އެއްވަނަ ހޯދުމަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

(ފޮޮޓޯ ކްރެޑިޓްސް: އަދަދު)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން ނުކުމެ ވެލެންސިއާ ބަލިކޮށްފަވަނީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. އެމެޗާ ގުޅޭގޮތުން ހާނަންޑޭޒް ބުނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުމާ ދޭތެރޭ އެހާ ބޮޑަށް ހިތްހަމަނުޖެހޭކަމަށެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުމާއެކު ހަމަޖެހިލެވުނުކަމަށް އޭނާ ބުންޏެއެވެ. “ފުރަތަމަ ހާފުގަ ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެހެންނަމަވެސް ދެވަނަ ހާފުގެ ކުރިން ބޭއްވި މީޓިންއަށްފަހު ދެވުނު އިރުޝާދާ އެއްގޮތަށް ކުޅުންތެރިންގެ ކުޅުން ބައްޓަންކުރިތަން ފެނުނު. މާޒިޔާއިން ގިނަ ގޯލުތަކެއް ޖަހައިފި، އަނެއްކާ ޒުވާން ކުޅުންތެރިންނަށްވެސް މިމެޗުގައި ވަނީ ކުޅުމުގެ ފުރުސަތު ދީފަ. މެޗާ ދޭތެރޭ ޖުމްލަކޮށް ވަރަށް ހިތްހަމަޖެހޭ” ހާނަންޑޭޒް ބުންޏެވެ.
ލީގުގަ މިހާތަނަށް އެންމެ ވަރުގަދަކޮށް ފެންނަމުން މާޒިޔާއިން އަބަދުވެސް މަސައްކަތްކުރާނީ އެޓީމުން ދަމަހައްޓަމުން އަންނަ ރިކޯޑު ދެމެހެއްޓުމަށްކަމަށް ކޯޗު ބުންޏެވެ. ކުޅުންތެރިންގެ އިންޓެންސިޓީ އަބަދަކު އެއްވަރެއްގައި ނުހުރެދާނެކަމަށާއި، އެހެންނަމަވެސް މާޒިޔާގެ ކުޅުންތެރިންނަކީ އިރުޝާދާއެއްގޮތަށް ޢަމަލުކުރާ ހުނަރުވެރި ކުޅުންތެރިންތަކެއްކަމަށް އޭނާ ސިފަކުރިއެވެ. “ހަނދާން ނައްތާލައިގެން ނުވާނެ އަނެއްކާވެސް ކުރިއަށް ވަރުގަދަ މެޗެއް އޮތްކަން. ބައެއްފަހަރު ކުޅުންތެރިންގެ އިންޓެންސިޓީ އެއްވަރެއްގަ ހިފެހެއްޓުމަކީ އުނދަގޫކަމެއް. އެހެންކަމަށްވިޔަސް މާޒިޔާގެ ކުޅުންތެރިންނަކީ އިރުޝާދާއެއްގޮތަށް އަމަލުކުރާ ބައެއް. އެކަން ދައްކުވައިދީފި މިއަދުގެ މެޗުގެ ދެވަނަ ހާފުންވެސް” ހާނަންޑޭޒް ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން މިވަގުތު އޮތީ ކުޅުނު ހަމެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ލީގުގަ މާޒިޔާއިން ދެން ނުކުންނާނީ މިވަގުތު 16 ޕޮއިންޓާއެކު ލީގުގެ ދެވަނައިގަ އޮތް އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފަވަނީ ހުކުރުދުވަހުގެރޭ 09:00 ގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
