
(ފޮޓޯ ކްރެޑީޓްސް: އަދަދު)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބު އަތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. މިމެޗު ނިއު މޮޅުވެފަވަނީ 2-1 ލަނޑުންނެވެ. މެޗުން ނިއު މޮޅުވި ނަވެސް އެޓީމަށް ވަނީ އަލުން ތާވަލުގެ ދެވަނަ މަގާމު އަތުލެވޭ ގޮތް ނުވެފައެވެ. އެއީ ހަ މެޗުން އޮޑި ސްޕޯޓްސް ކުލަބު ވެސް 16 ޕޮއިންޓް ހޯދާފަވާތީއެވެ. ފައިދާ ގޯލުގެ ތަފާތުން އޮޑި ކުރީގަ އޮތް އިރު މި މޮޅާއެކު ނިއުއިން ވެސް ވަނީ 16 ޕޮއިންޓް ހަމަކޮއްފައެވެ. މެޗުން ބަލިވި ބުރު 6 މެޗުން ހޯދި 7 ޕޮއިންޓާ އެކު އޮތީ ތާވަލުގެ 5 ވަނައިގައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ބުރު ސްޕޯޓްސް ކުލަބުންނެވެ.
މެޗުގެ 7 ވަނަ މިނިޓުގައި މުހައްމަދު ނާއިމް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގައި ނިއު ލަނޑު ޖަހާފަވަނީ ބުރުގެ ޑިފެންޑަރ އަހަމަދު އަބްދުﷲ ހެދި ގޯހެއްގެ ފައިދާ ނަގައި އޭރިޔާ ބޭރުން ލިބުނު ބޯޅައެއް އޭރިޔާ ތެރެއަށް ވަދެ މޫސާ ޔާމީން ފޮނުވާލި ބޯޅައެއް ގޯލަށް ވަދެގެންނެވެ. ބުރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 35 ވަނަ މިނިޓުގައި އޭރިއާ ބޭރުން އަލީ އިޝްފާގް ހަސަން މަޖީދު ފޮނުވާލީ ހިތްގައި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. އިޝްފާގު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯމަތިންނެވެ. ނިއުއިން މެޗުގައި ލީޑް ނެގީ 68 ވަނަ މިނިޓުގައި އަލީ ފާސިރު އޭރިއާ ތެރެއިން ހުރަސްކޮއްލި ބޯޅައެއް އޭރިއާ ތެރޭގައި ހުރި ހަސަން ރާއިފް ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
މި ލަނޑަށްފަހު ވެސް ބުރަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އަލީ ހަމްދާން ފޮނުވާލި ބޯޅައެއް ކީޕަރު އޭރިއާ ތެރެއިން ނުކުމެ ވަނީ ދިފާއުކޮއްފައެވެ.
މެޗުގެ ފަހުކޮޅު ނިއުގެ ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ލުއިސް ގޯމޭސް ޑެ ސިލްވަރ ފޮނުވާލުމުން ކީޕަރު ވަނީ މަތަކޮއްފައެވެ. މެޗުގެ އިތުރު ވަގުތުތެރޭގައި އޭރިޔާ ބޭރުން އަލީ ފާސިރު ފޮނުވާލީ ޖެހުމެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ. ލީގުގައި ދެން ބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ނިއު ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
