
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަހަކަށް އައިސް ދިވެހި ސާފް ލީގުގެ މުބާރާތްތަށް ރަށްރަށުގައި ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާޅާ އެޅުމަށް ޝައުގުވެރިވާ ހުނަރުވެރި ކުދިން ހޯދާ މިކުޅިވަރުގެ ތެރެއަށް ޒުވާން ކުދިން ނެރުން ކަމަށް ސާފިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ސޮބާހް ވިދާޅުވެއްޖެއެވެ. 6 ރަށެއްގެ ބައިވެރިންނާއެކު މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ގެންދިޔަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސޮބާހް ވިދާޅުވީ ށ. އަތޮޅާއި މ އަތޮޅުންވެސް ރާޅާ އަޅާ ކުދިން ފާހަގަކުރެވިފައިވާ ކަމަށާއި، ޖޫނިއާ މުބާރާތްތަކަކީ އެކުދިން ބައިވެރިވާން ބޭނުންވާ މުބާރާތްތަކެއް ކަމަށް މި މުބާރާތުގެ ތަރުހީބަށް ބަލާފައި އެނގިގެން ހިނގައްޖެކަމަށެވެ.
އެހެންކަމުން ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަކީ ރާއްޖޭގެ އަރަމުން އަންނަ ޒުވާން ކުދިންނަށް ވަރަށް ބޮޑު އުންމީދީ މުބާރާތަކަށް ވެގެންދާ މުބާރާތެއް ކަމަށްވެސް ސާފިން އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ. ދަތިތަކާއެކުވެސް މިމުބާރާތް މިގޮތަށް ބޭއްވޭތީ ވަރަށް އުފާވާކަމަށާއި، އެ ކުދިންނަށް ރާޅާ އެޅުމުން ކުރިމަގެއް ހޯދައިދެވޭތީ ވަރަށް އުފާކުރާކަމަށް ސޮބާހް ފާހަގަކުރިއެވެ. ސޮބާހް ވިދާޅުވީ ރާއްޖޭގޭ ރާޅާ އެޅުންތެރިންނަށް ދިމާވެފައިވަނީ އެހެން ގައުމުތަކާއި ބަލާއިރު ތަންކޮޅެއް އުނދަގޫ ގޮންޖެހުމެއް ކަމަށެވެ.
“އެއީ އަސްލު އެހެންގައުމުތަކުގައި ރާޅުތައް މިހާ ރީއްޗެއް ނުވާނެ. ވަރަށް ޗޮޕީ ވަރަށް ކުދިކުދި ރާޅުތަކެއް އަންނާނީ. އެކަމު ރާއްޖޭގައި މި ލިބެނީ ވަރަށް ޕާފެކްޓް ރާޅު. މީގެ ސަބަބުން އަޅުގަނޑުމެންގެ ކުދިން މުބާރާތަށް ދާއިރުގައި އެ މުބާރާތުގައި އެ ލިބޭ ކަހަލަ ޗޮޕީ ރާޅަކަށް ނުހޭނެ. ދެން އެހެންވީމަ އެއީ ވަރަށް ބޮޑު ޗެލެންޖެއް” ސޮބާހް ވިދާޅުވިއެވެ. ސަރުކާރުން ގާއިމުކުރައްވާ ސާފް ސްޓޭޑިއަމް އެޅުމަށް ރާޅުގަނޑު ސަހަރައްދު ރޫޅާލާފައި އޮތުމުގެ ސަބަބުންވެސް މުބާރާތްތައް ބާއްވަން މިވަގުތު އުނދަގޫތަކެއް އެބަހުރި ކަމަށާއި، އެހެންނަމަވެސް މިމުބާރާތް ކުރިޔަށް ގެންދަނީ އެތުލީޓުންތަކެއްގެ ވަރަށް ބޮޑު އުންމީދަކާއި ގުޅިފައިވާތީ ކަމަށާއި، ލީގެއް ނިންމަން ޖެހޭތީ ކަމަށް ސޮބާހް ފާހަގަ ކުރިއެވެ.
ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހުނީ ސަރުކާރާއި ވާހަކަ ދައްކައިގެން އެއްވެސް ބަޔަކަށް އުނދަގޫ ނުވާނެހެން ކަމަށް ސޮބާހް ވިދާޅުވިއެވެ. ކުރިޔަށް ހުރި މުބާރާތްތަކާއި ގުޅޭގޮތުން ސޮބާހް ބުނީ އަންނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ޔޫތް ގޭމްސްއަށް ރާޅާ އެޅުންތެރިން ޖަޕާނަށް ގެންގޮސްގެސް ތަމްރީނު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
“މިދިޔަ ދެ އަހަރު ތެރޭ އެބައޮތް އޭޝިއަން ގޭމްސްއަށް ހަތަރު ސްލޮޓެއް ލިބިފައި. އޭގެ ޓްރޭނިންތަކާއި އެއްޗިއްސަށް ސަރުކާރުން ފުދޭ ވަރަކަށް ބޮޑު ސަޕޯޓެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި އޮތީ. އެހެންވީމަ އުންމީދު ކުރަނީ އަޅުގަނޑުމެންގެ އެތުލީޓުން ޖަޕާނަށް ގެންގޮސްގެން އޭޝިއަން ގޭމްސްއަށް ތައްޔާރުކުރެވޭނެ ކަމަށް މިއަންނަ އަހަރަށް” ސޮބާހް ވިދާޅުވިއެވެ.
ޖަޕާނުގައި އަންނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރާ ރާޅާ އެޅުންތެރިންނަކީ ހޫދު އަހުމަދު (ހޫބްސް) އާއި އުމަރު ޝާން ޝަފީޤް އަދި މަރިޔަމް ރާހިލް ނަސީމް (އާޔާ) އާއި ޝާޒިޔާ ސައީދު (ސާޒް) އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
