
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން 10،000 ޑޮލަރަށް ޚިޔާނާތްތެރިވުމުގެ އިތުރަށް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ބައްސާމް ޢަދީލް ޖަލީލަށް އިތުރު ފަސް އަހަރުގެ ޖަލު ޙުކުމަކާއެކު 154،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ޖޫރިމަނާ ފައިސާ ކުރިޔަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފައެވެ.
ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ބައްސާމް ދައްކަން ޖެހޭ ފައިސާ 154،000 ރުފިޔާއަކީ، އެފްއޭއެމަށް ފީފާއިން ޖަމާކުރި (10،000) ޑޮލަރަށް ވާ ފައިސާއެވެ. އެއީ އެފްއޭއެމަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކޮށްދިން ފައިސާއެވެ. ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ އެ ފައިސާއިން ބައްސާމްގެ އަމިއްލަ ޚަރަދުތައް ކުރުމަށާއި، އެހެން މީހުންނަށް ޚަރަދުކުރުމަށް ބޭނުންކޮށްފައިވާކަން ދައުލަތުން ކޯޓަށް ސާބިތުކޮށްދީފައިވާ ކަމަށެވެ. ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ އެ ފައިސާ ބައްސާމް ބޭނުންކުރީ ޑޮލަރު މާރުކުރުމުގެ ބަދަލުގައި ރެހެންދި ފްލެޓަށް ކުލި ދައްކަން ކަމަށާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި އަމިއްލަ އެކައުންޓަށް އެފައިސާ ޖަމާކޮށް ބައްސާމް އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށެވެ.
އެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ ބައްސާމަށް ވަނީ 8 އޮކްޓޫބަރު 2025 ގައި 4 އަހަރުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ. އެ ފައިސާއާއި ގުޅޭ މަނީ ލޯންޑަރިންގެ ކުށުގެ އަދަބަކަށް ދައުލަތުން އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބެއް ދިނުމަށް ޙުކުމް ކޮށްދިނުމަށެވެ. ބައްސާމްގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގައި އިއްވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ޙުކުމާއިއެކު 50،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމެވެ. އެހެންނަމަވެސް ބައްސާމް އެދިފައިވަނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން އެންމެ ކުޑަ އަދަބެއް ދިނުމަށެވެ.
ފީފާއިން އެފްއޭއެމަށް ޖަމާކުރި 10،000 ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށާއި، މަނީ ލޯންޑަރިން އަކީ ދެ ކުށެއް ކަމަށް ކަނޑައަޅައި، ދައުލަތުން މި ދެ ކުށަށް ޙުކުމްކޮށްފައިވަނީ ވަކިވަކިންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
