
ބާސެލޯނާގެ ސްޕޭނުގެ މަޝްހޫރު ޑިފެންޑަރު ޖެރާޑް ޕީކޭ އާއި އޭނާގެ ކުރީގެ އަންހެނުން އަދި މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާ ސްޕޭނުގައި ދިރިއުޅުނުގެ ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ގަނެފި އެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނަނީ ސިޓީގެ އެންމެ ޑިމާންޑް ބޮޑު ހިސާބުގައިވާ ގެ ޔަމާލް ގަތީ މީގެ ކުރިން އޭނާގެ މަންމަ އާއި ބައްޕަ އަދި މާމަ އަށް ވެސް ގެއެއް ގަނެދިނުމަށްފަހު ކަމަށެވެ. ޕީކޭ އާއި ޝަކީރާ 10 ވަރަކަށް އަހަރު ދިރިއުޅުނުގެ ޔަމާލް ގަތީ 9.5 މިލިއަން ޔޫރޯ އަށް ކަމަށްވެ އެވެ. ނަމަވެސް މި މުއާމަލާތުގެ ހިސާބުތަކެއް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވެ އެވެ. މީޑިއާތަކުން ބުނާ ގޮތުގައި މި މުއާލަމާތު ނިންމި ބައްދަލުވުމަށް ޝަކީރާ ނުދާ ކަމަށެވެ. އޭނާގެ ބަދަލުގައި ހާޒިރުވީ ވަކީލުންނެވެ. އަދި މި ގެ ވިއްކާލުމުގައި ޕީކޭގެ ދައުރެއް އޮތް ކަމެއް ޔަގީނެއްނުވެ އެވެ.
މި ގޭގައި އިންޑޯ އަދި އައުޓްޑޯ ސްވިން ޕޫލަކާއި ޓެނިސް ކޯޓަކާއި ރެކޯޑިން ސްޓޫޑިއޯ އަކާއި 10 ކޮޓަރި ހުރެ އެވެ. މި ގެ ބިނާ ކުރީ 2012 ވަނަ އަހަރު 3800 ސްކޮއާ ފީޓް ސަރަހައްދެއްގަ އެވެ. މިގެ ވިއްކާލަން ނިންމީ މީގެ ތިން އަހަރު ކުރިން ޝަކީރާ އާއި ޕީކޭ ވަކިވުމުންނެވެ. އޭގެ ފަހުން ޝަކީރާ ދިރިއުޅެމުން އަންނަނީ އެމެރިކާގެ މިއާމީގަ އެވެ. އޭނާ އާއި ޕީކޭ ވަކިވިއިރު މި ގޭގެ އަގު 12 މިލިއަން ޔޫރޯ އަށް އަރަ އެވެ.
ޔަމާލް މި ގެ ގަނެފައިވާއިރު އޭނާ މިހާރު އުޅެނީ އިޓަލީގެ މޮޑެލްކުރާ ކުއްޖަކާ ރައްޓެހިވެގެންނެވެ. އަދި އޭނާގެ ދަނޑު ބޭރުގެ ހަކަކާތްތައް މަދު ކުރުމަށާއި އެކަންކަން މީހުންނަށް އެނގޭ ގޮތަށް ނުބަހައްޓަން ބާސެލޯނާއިން ވަނީ ނަސޭހަތްތެރިވެފަ އެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުރަވާ އެއް ކުޅުންތެރިއަކީ ޔަމާލެވެ. ނަމަވެސް ހުސްވި ސީޒަނުގައި ދުނިޔޭގެ ދެ ވަނަ މަގާމު ހޯދި ޔަމާލަށް މި ސީޒަނުގައި ވަނީ އޭނާގެ މޮޅު ކުޅުން ދެއްކޭގޮތް ނުވެފަ އެވެ. މި ގޮތުން އަނިޔާގެ މައްސަލަތައް ގިނަވެ ނުކުޅެ ހުންނަންޖެހޭ މެޗުތައް ދަނީ ގިނަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
