
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ރިސޯޓްތަކުން އުކާލާ ތެޔޮ ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެއް ވެސް ނޫން ކަމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާވެސް ހަނދާންކޮށްދީފި އެވެ. އުކާލަން ގެނެސްފައި ހުރި ކުކިން އޮއިލް، ބޮޑެތި ހަންތަކަކުން ފުރާނައިގެން އެހެން އެއްޗިއްސަށް ތެޔޮ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. ރިސޯޓްތަކުން އުކާލަން ގެންދާ ތެޔޮ ނަގައިގެން ގެންގޮސް އެއިން ކާބޯތަކެތި ހަދައިގެން ވިއްކުމުގެ މައްސަލަ ވަރަށް ކުރިން ސުރެ ވެސް އޮވެ އެވެ. އަދި އެކަން މަނާކޮށްފައި އޮންނައިރު އެމްއެފްޑީއޭ އިން ވަނީ ފެބްރުއަރީ 14، 2018 ގައި އެކަމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއް ހަނދާންކޮށްދީ އިންޒާރު ދީފަ އެވެ.
އެމްއެފްޑީއޭ އިން ބުނީ ރިސޯޓް ފަދަ ތަންތަނުން އުކާލާ ތެޔޮ، ކާބޯތަކެތި ހަދަން ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ އާންމުންގެ ސިއްހަތަށް އޮތް ނުރައްކަލެއްކަން މީގެ ކުރީން ވެސް ހަނދާންކޮށްދީ އެކަން މަނާކޮށްފައި ވާއިރު އެމްއެފްޑީއޭ އިން ބުނީ އެގޮތަށް އުކާލާ ތެލުގައި “ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް” ފުރިހަމަ ވެސް ނުވާނެ ކަމަށެވެ. “މީގެ އިތުރުން، ރިސޯޓް ފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ތެޔޮ ކަމުގައި ވުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ވެސް ދަންނަވަމެވެ.” އެމްއެފްޑީއޭގެ ނޫސްބަޔާނުގައިވެ އެވެ.
އެހެންވެ އެމްއެފްޑީއޭ އިން ވަނީ އުކާލާ ތެޔޮ ބޭނުން ނުކުރުމަށް އަނެއްކާވެސް އަންގައި މިފަދަ ތަކެތި ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކާ މެދު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
