
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ ކަންކަން އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫތު މިނިސްޓްރީއަށް އަންގަވައިފިއެވެ. މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ކަނޑައަޅާފައި އޮތް އިރު، އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ %0.1 އެވެ. ބައެއް މީޑިއާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، ރައީސް ޑރ. މުއިއްޒު، ޔޫތު މިނިސްޓްރީއަށް އަންގަވާފައިވަނީ މީޑިއާތަކަށް އިންސާފުވެރިކޮށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ދޫކުރަން ކަނޑައަޅައި ޔޫތު މިނިސްޓްރީން އިއުލާން ކުރީ އިއްޔެގައެވެ. މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް ޔޫތު މިނިސްޓްރީން އާންމުކުރިއިރު، ބައެއް މީޑިއާތަކަކީ ގަވައިދުން ހިންގަމުން ނުދާ މީޑިއާތަކެކެވެ. ޔޫތު މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން އެންމެ ގިނަ ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. ސަންގު ޓީވީ އަށް ލިބޭ 3.8 މިލިއަން ރުފިޔާ އާއި ސަންގު އޮންލައިނަށް ލިބޭ 1.3 މިލިއަން ރުފިޔާއާއެކު އެ ތަނަށް 5.1 މިލިއަން ރުފިޔާ ލިބެއެވެ.
ދެވަނަ އަށް އެންމެ ގިނަ އިން ލިބެނީ ސަން އަށެވެ. ސަން މީޑިއާ ގްރޫޕްގެ އެސްއެސްޓީވީއަށް 2.9 މިލިއަން ރުފިޔާ އާއި ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބޭއިރު، ޖުމްލަ ސަންއަށް ލިބެނީ 4.2 މިލިއަން ރުފިޔާއެވެ. ތިން ވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ ވީޓީވީއަށެވެ. ވީޓީވީ އަށް ތިން މިލިއަން ރުފިޔާ، ވީނިއުސް އަށް 1.1 މިލިއަން ރުފިޔާއާ އެކު، 4.1 މިލިއަން ރުފިޔާ ލިބެއެވެ.
އެހެނިހެން މީޑިއާތަކަށް ލިބޭ އަދަދުތައް:
1- ވަން އޮންލައިން: 1.3 މިލިއަން ރުފިޔާ
2- ވޮއިސް: 1.3 މިލިއަން ރުފިޔާ
3- ދަ ޕްރެސް: 1.3 މިލިއަން ރުފިޔާ
4- ދައުރު: 1.3 މިލިއަން ރުފިޔާ
5- މިހާރު އޮންލައިން: 1.2 މިލިއަން ރުފިޔާ
6- ތިލަދުން: 1.2 މިލިއަން ރުފިޔާ
7- މިހާރުގެ ދަށުން ހިންގާ އިނގިރޭސި އެޑިޝަން އަށް 1.1 މިލިއަން ރުފިޔާ
8- އަދަދު: 1.1 މިލިއަން ރުފިޔާ
9- ތީރު މީޑިއާ: 1.1 މިލިއަން ރުފިޔާ
10- ދިޔަރެސް ނިއުސް: 1.1 މިލިއަން ރުފިޔާ
11- ގާފު އޮންލައިން: 1 މިލިއަން
12- މަލްދީފް އޮންލައިން: 899،197 ރުފިޔާ
ޔޫތު މިނިސްޓްރީން ކަނޑައަޅާފައި އޮތް ގޮތުން ނަމަ، ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ. އެކަމަކު އެ މީޑިއާއެއްގެ މުވައްޒަފުންގެ އަދަދާއި އެ މީޑިއާއެއްގެ ވިއުޝިޕަށް ބަލައިގެން ފައިސާ ދޫކޮށްފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
