
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި 604 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެސްޓީއޯއިން ވިދާޅުވީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައި ކަމަށެވެ. މިއީ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު އަށް އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެސްޓީއޯއިން ވިދާޅުވީ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުން ކަމަށެވެ. ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އަށް އިންސައްތައިން އިތުރުވެފައި ކަމަށާއި އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިއީ ކުރީ ކުއާޓަރއާއި އަޅާބަލައިއިރު ފަސް އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.
އެސްޓީއޯއިން ވިދާޅުވީ މި ކުއާޓަރުގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ވަނީ ރީކްލެސިފައި ކުރެވިފައި ކަމަށެވެ. އެއާއިއެކު ޖުމްލަ ހިންގުމުގެ ހަރަދު ވަނީ 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައި ކަމަށެވެ. އެއާއެކު ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 230 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ވަނީ 186 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި މިއީ ކުރީ ކުއާޓަރާއިއާއި އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެއްް ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
