
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޙަަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުން ދަނިކޮށް ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއްދީ 104 މީހުން ޝަހީދުކޮށްލުމަށް ފަހު، އެއްބަސްވުމަށް ޢަމަލުކުރުން މަތީ ދެމިހުންނާނެ ކަމަށް ޔަހޫދީން ބުނެފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދިޔައީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްޞަދުގައި ދެ އަހަރު ވަންދެން ލާއިންސާނީ ޙަމަލާތައް ދެމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙާމާސްއާ ދެމެދު މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ޖެހިގެން އައި ދުވަހު އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފައެވެ.
އެއްބަސްވުމަށް ޢަމަލުކުރަމުން ދަނިކޮށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސީދާ ޢަމުރަށް ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްލައިފައެވެ. ޙަމަލާދިން ސަރަޙައްދުތަކުގެ ތެރޭގައި މެދުތެރޭ ޣައްޒާގައި ހުންނަ ބުރީޖު ރެފިއުޖީ ކޭމްޕާއި ޣައްޒާ ސިޓީގެ ޞަބްރާ އަވަށާއި ޚާން ޔޫނިސް ހިމެނެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި 46 ކުޑަކުދިންނާއި 20 އަންހެނުން ހިމެނޭ ކަމަށެވެ. މިއީ ޔަހޫދީން އެއްބަސްވުމާ ޚިލާފަށް ޙަމަލާ ދީފައިވާ ފުރަތަަމަ ފަހަރެއް ނޫނެވެ. ގިނަ ޢަދަދެއްގެ މީހުން ޝަހީދުވި އެންމެ ފަހުގެ ޙަމަލާއަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެ ޙަމަލާތަކުގެ ސަބަބުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ނުރައްކަލެއް ނެތް ކަމަށެވެ. ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ހުރަސްނޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހަކީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމްކުރި ފަހުން މިހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި ރޭގެ ގޮތުގައި ޣައްޒާގެ ބައެއް ރައްޔިތުން ވަނީ ސިފަކޮށްފައެވެ. މި ޙާލަތުގައި ފަލަސްޠީނުގެ ރައްޔިތުން ތިބީ ޞުލްޙައިގެ އެއްބަސްވުން ރޫޅިދާނެކަމުގެ ބިރުހީވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
