
އެލް ކްލެސިކޯ ގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ފޯވަޑް ވިނިޝިއަސް ޖޫނިއަރ ބަދަލު ކުރުމާއި ގުޅިގެން އޭނާގެ ފަރާތުން ފެނުނު ހިތްހަމަ ނުޖެހުމުގެ ކަންތައްތަކަށް އޭނާ މައާފަށް އެދިއްޖެ އެވެ. މެޗުގެ 71 ވަނަ މިނިޓުގައި ކޯޗު ޝަބީ އަލޮންސޯ ވަނީ ވިނިޝިއަސް ޖޫނިއަރގެ ބަދަލުގައި ރޮޑްރިގޯ ކުޅެން އަރުވާފަ އެވެ. އަދި އެކަމާއި ހިތްހަމަ ނުޖެހިގެން ވިނިޝިއަސް ޖޫނިއަރ ވަނީ ބަދަލު ކުރުމުން ބެންޗަށް ދިއުމުގެ ބަދަލުގައި ޗޭންޖިން ރޫމަށް ގޮސްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބެންޗަށް އައިސްފަ އެވެ. ވިނިޝިއަސް ޖޫނިއަރ ގެ ސޯޝަލް މީޑިޔާގައި އޭނާ އާންމުކޮށްފައިވާ ގޮތުގައި އޭނާ ވަނީ އިއްޔެ ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކުގައި ޓީމުގެ ކުޅުންތެރިންގެ އިތުރުން ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ފަރާތުން މައާފަށް އެދިފަ އެވެ. އަދި އޭނާ ވަނީ މި ޕޯސްޓްގައި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ފަރާތުންވެސް އޭނާގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކަށް މައާފަށް އެދިފަ އެވެ.
ނަމަވެސް ވިނިޝިއަސްގެ އެއްވެސް ޕޯސްޓެއްގައި ކޯޗު ޝަބީ އަލޮންސޯގެ ނަން ހިމަނާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. ވިނިޝިއަސް އިތުރަށް ބުނެފައިވަނީ އޭނާގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިގެން ގޮސްފައިވަނީ އޭނާއަކީ އަބަދުވެސް މޮޅުވާން ބޭނުންވާ މީހެއް ކަމަށައި އަދި އޭނާގެ ފަރާތުން ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެފައިވާލެއް ބޮޑު ކަމުން ކަމަށެވެ. ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ޝަބީ އަލޮންސޯ ހަވާލުވުމަށްފަހު ވިނިޝިއަސް އާއި އެކު ރަގަޅު ގުޅުމެއް ނޯންނަކަމަށް ސްޕެއިންގެ ބައެއް މީޑިޔާތަކުން ވަނީ ބުނެފަ އެވެ. އަދި ޝަބީ އަލޮންސޯ ވަނީ ގިނަ މެޗުތަކުގައި ވިނިޝިއަސް ބަދަލުކޮށްފަ އެވެ. ލަލީގާގެ އެއްވަނައިގައި 27 ޕޮއިންޓާއެކު އޮތް ރެއާލް މެޑްރިޑް އޮތްއިރު މިއީ ވާދަވެރި ބާސެލޯނާ އަށްވުރެ ފަސް ޕޮއިންޓް އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
