
އިނގިރޭސި ކަރަބާއޯ ކަޕް ނުވަތަ ލީގު ކަޕްގެ ގަދަ 16 ގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ބްރެންޓްފޯޑް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗަށް ނިކުތް ޓީމަށް ޖުމްލަ 10 ބަދަލު ގެނެސްގެން ކޯޗު އާން ސްލޮޓް މި ޕެލަސް އާއި ދެކޮޅަށް ޓީމު ނެރުނު އިރު ޒުވާން ތިން ކުޅުންތެރިއަކަށް ވަނީ ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. މި މެޗުން ލިވަޕޫލް ބަލިވުމާއިއެކު އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފަ އެވެ.
ލިވަޕޫލްގެ ޑިފެންޑަރުންގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނިޓުގައި އިސްމާއިލް ސާރ ވަނީ ލަނޑެއް ޖަހާ ކްރިސްޓަލް ޕެލަސް އަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ޒުވާން ޑިފެންޑަރު ޖޯ ގޯމޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސާރ ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑަކީވެސް ލިވަޕޫލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ސަބަބުން ޖަހާފައިވާ ލަނޑެކެވެ. މި މެޗުގައި ކްރިސްޓަލް ޕެލަސް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ޔެރެމީ ޕިނޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޔެރެމީ ޕިނޯ މި ލަނޑު ޖެހުމުގެ ކުރިން މެޗުގެ 79 ވަނަ މިނިޓުގައި ލިވަޕޫލްގެ ޒުވާން ޑިފެންޑަރ އުމުރުން 18 އަހަރުގެ އަމަރާ ނަލޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ލިވަޕޫލް ކުޅުމަށްފަހު އަންގާރަ ދުވަހު ނިކުންނާނީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށެވެ. މި މުބާރާތުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ވަނީ މޮޅުވެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. ކުއާޓަރ ފައިނަލުގައި ނިއުކާސަލް އާއި ދެކޮޅަށް ނިކުންނާނީ ފުލަމް އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
