
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުލަބް ގްރީން ސްޓްރީޓްސްގެ ޗެއަރޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު އިންތިޚާބުކޮށްފިއެވެ. ގްރީން ސްޓްރީޓްގެ ހިންގާ ކޮމިޓީއަށް ބަދަލުގެނެސްފައިވާއިރު އެ ކުލަބުގެ ސީނިއަރ ވައިސް ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މުޙައްމަދު ޝިފާޒެވެ. ވައިސް ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މުޢާވިޔަތު ޚަލީލެވެ. މި ތިން މަގާމަށް މިބޭފުޅުން އިންތިޚާބުކޮށްފައިވަނީ 26 އޮކްޓޫބަރު 2025ގައެވެ. ދެން އެ ކުލަބުގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ 14 ފެބުރުއަރީގައި 2025 ގައި އިންތިޚާބުކޮށްފައިވާ މެންބަރުންނެވެ.
- ގްރީން ސްޓްރީޓްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ އިތުރު މެންބަރުން:
އިބްރާހީމް ޢަބްދުﷲ – ވައިސް ޗެއަރޕާސަން
އިބްރާހީމް ޢާޒިމް – އިދާރީ ސެކްރެޓަރީ
އިދާރީ ސެކްރެޓަރީގެ ނައިބު – މުޙައްމަދު ޔާމީން އަޙްމަދު
ޔޫޝައު ލަތީފް – ޚަޒާންދާރު
އަޙްމަދު އިހްތިސާމް – ޚަޒާންދާރުގެ ނައިބު
ޙުސެއިން ފައުޒާން – މީޑިއާ ކޯޑިނޭޓަރ
ކްލަބު ގްރީން ސްޓްރީޓްސްއިން މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި މިހާރު އޮތް ހިސާބުން އަރައިގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންއަންނައިރު އެ ކުލަބަށް މިއަހަރު ފެށުނުއިރު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ފައިސާގެ ތާށިކަމާއި، ރަނގަޅު ކުޅުންތެރިން ހޯދުމުގެ ދަތިކަމެވެ. ދިވެހި ޕްރިމިއަރ ލީގުގައި މިވަގުތު 3 ޕޮއިންޓާއެކު އެންމެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އެންމެ ފަހުން ކުޅުނު މެޗުން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން 9-0 ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ. ދެން އެންމެ އަވަހަށް އެ ކުލަބުން ނިކުންނާނީ ހުކުރު ދުވަހު އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މި ސީޒަނުގައި ގްރީން ސްޓްރީޓްސްއަށް މިހާތަނަށް މޮޅެއް ލިބިފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ކްލަބު އީގަލްސްއާއި ދެކޮޅަށް 1 އޮކްޓޫބަރުގައި ކުޅުނު މެޗުން އެކަންޏެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
