
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އައު ފުލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން އެސަރަހައްދުގައި ބަސް ސްޓޮޕްތައް ހެދުމާއި، ޕޭވްމަންޓްހެދުމުގެ މަސައްކަތް އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވިދާޅުވީ، އެ ސަރަހައްދުގައި ބަސް ސޮޓޮޕްތައް ހަދަން ކުރާ މަސައްކަތުގެ ތެރެއިން އަލަށް ހަދާ 5 ބަސް ސްޓޮޕްގެ ތެރެއިން 4 ބަސް ސްޓޮޕެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށެވެ. އައު ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
މީގެއިތުރުން، އެ ސަރަހަައްދުގެ މަގުތަކުގައި ޕޭވްމަންޓްހެދުމަށް އެޗްޑީސީން ކުރައްވާ މަސައްކަތުގެ ތެރެއިން ޒޯން 1،2،3، އަދި 4ގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށެވެ. އަދި ޒޯން 5 ގައި މިހާރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ މަސައްކަތުގެ %30 މަސައްކަތް ނިމިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އައު ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން އެ ސަރަޙައްދުގައި ޢާންމުންނަށް ފަސޭހަވާނެހެން ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، އެ ސަރަހައްދުގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
