
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން އަނެއްކާ ވެސް ނިރުބަވެރި ޙަމަލާތަކެއްދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުން، އެއީ ޔަހޫދީންނަށް ލިބިގެންވާ ޙައްޤެއް ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޖަރީމާތައް ދިފާޢު ކުރައްވައިފިއެވެ. ޔަހޫދީން ޣައްޒާއަށް އިތުރު ޙަމަލާތަކެއް ދީފައި މި ވަަނީ، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ސޮއި ކޮށްފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށެވެ. ނަމަވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ޓްރަމްޕް ވިދާޅުވީ އެއްބަސްވުން ދެމިއޮންނާނެ ކަމުގައެވެ. ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި 70އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ އިދާރާތަކުން ހާމަކުރިއެވެ. އޭގެ ތެރޭގައި، ޣައްޒާގައި މެދުގައި އޮތް އަލް-ބުރަޔިޖު ރެފިއުޖީ ކޭމްޕަށް ބޮންއަޅައި، ޝަހީދުކޮށްލި ފަސް މީހަކާއި، އެ ސަހަރުގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ ޞަބްރާ އަވަށަށް ޙަމަލާދީ ޝަހީދު ކޮށްލި ހަތަރު މީހުން ހިމެނެއެވެ. މީގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސްގައި ދަތުރު ކުރަމުން ދިޔަ ކާރަކަށް ޙަމަލާދީ، ޔަހޫދީން ވަނީ އިތުރު ފަސް މީހުން ޝަހީދު ކޮށްލާފައެވެ.
“އަޅުގަނޑަށް ޤަބޫލު ކުރެވިފައިވާ ގޮތުގައި އެ މީހުން [ޙަމާސުން] ވަނީ އިސްރާއީލުގެ ސިފައިންގެ މީހަކު މަރައިލާފައި. ރައްދުގައި އިސްރާއީލުން ޙަމަލާ ދީފައި ވަނީ އެހެންވެ، އެ މީހުންނަށް ޙަމަލާ ދެވެން ޖެހޭނެ. އެ ފަދަ އަމަލެއް ހިންގުމުން [ޔަހޫދީ ސިފައިންނަށް ޙަމަލާ ދިނުމުން] ރައްދުގައި ޙަމަލާ ދޭން ޖެހޭނެ،” ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އެއްބަސްވުމަށް އަސަރެއް ނުކުރާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. “ތިޔަ ބޭފުޅުންނަށް [މީޑިޔާއަށް] ވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ޙަމާސަކީ މެދުއިރުމަތީގައި އޮތް ވަރަށް ކުޑަކުޑަ ބަޔެއް، އެ މީހުންނަށް ޖެހޭނީ ބަސް ޤަބޫލުކުރަން.” ޔަހޫދީ ސިފައިން ޣައްޒާއަށް ނިރުބަވެރި ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައި ވަނީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރަށެވެ. ޙަމާސުން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައި ޔަހޫދީން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ޣައްޒާއަށް ނިރުބަވެރި ޙަމަލާތައްދީ، ކުށެއް ނެތް ޢާންމުން ޝަހީދު ކުރުން މެދުކަނޑައިލާފައި ނުވަނީ ޔަހޫދީންނަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދަނީ ހާމަވަމުންނެވެ.
ޔަހޫދީންގެ މި ޖަރީމާތަކާ ގުޅިގެން އެ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތުރުކީވިލާތުން ވަނީ ގޮވައިލާފައެވެ. ތުރުކީވިލާތުން ބުނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައެވެ. އަދި، އެ އެއްބަސްވުމަށް ޔަހޫދީން އިޙްތިރާމުކޮށް، އެއްބަސްވުމަށް އަމަލު ކުރާ ކަން ކަށަވަރު ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާރުއަޅައި، ފިއްތުންތައް ކުރިމަތިކުރަން ޖެހޭ ކަމުގައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެވެ. ނަމަވެސް، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމުގައި 68,000އަަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުންޏެވެ. ދެ އަހަރެއްހާ ދުވަހުގެ ޤަތުލުޢާންމުގައި ޔަހޫދީން ވަނީ ޣައްޒާއިން 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
