
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަޕާނަށް ވަޑައިގަންނަވައި، އެ ޤައުމުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. ޖަޕާންގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ ކަމުގައިވާ ތަކައިޗީއާ އެކު ބޭއްވެވި ބައްދަލުވުމުގައި އޭނާ ވަނީ ތަކައިޗީއަށް އިންތިހާއަށް ސަނާ ދަންނަވާފައެވެ. މި ގޮތުން، އަސްކަރީ އަދި ދިފާޢީ ބާރުވެރިކަން ހަރުދަނާ ކުރުމަށް ތަކައިޗީ ތަޢާރަފު ކުރައްވާފައިވާ ސިޔާސަތުތަކަށް ޓްރަމްޕް ތަޢުރީފު ކުރައްވާފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށާއި، ޖަޕާނުން އެކި ބާވަތްތަކުގެ މަޢުދަންތަކާއި މަޢުދަނީ ލޮނު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ތަކައިޗީއަކީ އަވަހާރަ ކޮށްލާފައިވާ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ، އަދި އޭނާގެ ފުށުން ދަރިވަރުވެ ވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. އަބޭއަކީ ޓްރަމްޕްގެ ވެސް ވަރަށް އަރިސް ބޭފުޅެކެވެ.
ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމުގައި ތަކައިޗީ ވެސް ވަނީ އޭނާއަށް ސަނާ ދަންނަވާފައެވެ. މި ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތަކައިޗީ ފާހަގަ ކުރެއްވިއެވެ. އަދި، ނޮބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ތަކައިޗީ ވިދާޅުވެފައިވާ ކަން ޓްރަމްޕްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ހާމަކުރެއްވިއެވެ. ޓްރަމްޕްގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ހަރުދަނާ ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަކަތައާއި އާޓިފިޝަލް އިންޓެލިޖެންސްގެ އިތުރުން މަޢުދަނީ ލޮނުގެ ވިޔަފާރިއާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. ޖަޕާނުގެ ވިޔަފާރިވެރިން އަންދާޒާ ކުރާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ސޮއި ކޮށްފައިވާ އެއްބަސްވުންތަކުން އެ ޤައުމުގައި 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓުމެންޓުތައް އުފެދޭނެއެވެ. މީގެ އިތުރުން، އެމެރިކާގެ އިންވެސްޓުމެންޓުތައް ކުރިއެރުވުމަށް 550 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ޖަޕާންގެ ސަރުކާރުން ކުރިން ވަޢުދުވެފައިވާ ކަން ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ޖަޕާންގެ ޤައުމީ އުފެއްދުންތެރިކަމުގެ %2 އެ ޤައުމުގެ ދިފާޢީ އަދި އަސްކަރީ ދާއިރާ ކުރިއެރުވުމަށް ޚަރަދު ކުރުމަށް ތަކައިޗީގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި، އެމެރިކާގައި އުފައްދާ ހަތިޔާރާއި ދިފާޢީ ސާމާނު ގަތުމަށް ނިންމާފައިވާ ކަން ވެސް ތަކައިޗީ ހާމަކުރެއްވިއެވެ. މިއީ، ޓްރަމްޕް ގަޔާވެވަޑައިގަންނަވާނެ ފަދަ ނިންމުމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ، އޭޝިޔާ ސަރަޙައްދުގައި ބާރާއި ނުފޫޒު ގަދަ ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމުގައި ޓްރަމްޕް ޤަބޫލު ކުރެއްވުމެވެ. ޖަޕާންގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެމެރިކާގެ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ބޭނުންވާ މިސައިލްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގައި ފަށާނެ ކަން ވެސް ޓްރަމްޕް އިޢުލާނު ކުރެއްވިއެވެ.
ޓްރަމްޕް އެންމެ ފަހުން ޖަޕާނަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ 2009ވަނަ އަހަރުއެވެ. އޭގެ ފަހުން، ޖަޕާންގެ ކުންފުނިތަކުން ވަނީ އެމެރިކާގައި ކޮށްފައިވާ އިންވެސްޓްމެންޓުތައް އިތުރުކޮށް، ފުޅާ ކޮށްފައެވެ. އެ އިންވެސްޓްމެންޓްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ތަކައިޗީ ވަނީ ޓްރަމްޕަށް އަރުވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި ޖަޕާންގެ ކުންފުނިތަކުން ކުރުމަށް ރާވާފައިވާ އިންވެސްޓުމެންޓުތަކުގެ މަޢުލޫމާތު ވެސް ތަކައިޗީ ޓްރަމްޕާ ހިއްސާ ކުރެއްވިއެވެ. ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް ހުއްޓުވުމަށް ޓްރަމްޕް ކުރައްވާފައިވާ ކާމިޔާބު މަސައްކަތް ފާހަގަ ކުރައްވައި، ތަކައިޗީ ވަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުވުމުގައި ޓްރަމްޕް އަދާކުރައްވާފައިވާ ދައުރަށް ވެސް ތަޢުރީފު ކުރައްވާފައެވެ. ޖަޕާނަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ވަނީ މެލޭޝިޔާއަށް ވަޑައިގަންނަވައި، ކުއަލަ ލުމްޕޫރުގައި ކުރިއަށް ދިޔަ އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު (އާސިޔާން)ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. ޖަޕާނުގައި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ޤާއިމުކޮށްފައި ތިބެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
