
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޒު ކުރާ ކަން ކަށަވަރު ކުރުމުގެ ގޮތުން އެ ސަހަރަށް ފޮނުވުމަށް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ބައިނަލްއަޤްވާމީ ފައުޖުގައި ތުރުކީވިލާތް ބައިވެރިކުރުވަން ޔަހޫދީން އިންކާރު ކޮށްފިއެވެ. ޣައްޒާއަށް ބައިނަލްއަޤްވާމީ ފައުޖެއް ފޮނުވުމަށް ހުށަހަޅުއްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ވެސް ޓްރަމްޕްގެ ހުށަހެޅުއްވުމެއްގެ ދަށުންނެވެ. ޣައްޒާއަށް ބައިނަލްއަޤްވާމީ ފައުޖެއް ފޮނުވުމުގެ ބޭނުމަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކާއި ޔަހޫދީންނާ ދެމެދު އަލުން ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ހަނި ކުރުމެވެ. އެ ފައުޖުގައި އެމެރިކާގެ ސިފައިން ހިމެނުއްވުމަށް ޓްރަމްޕް ބޭނުންފުޅު ނުވާއިރު، އެ ފައުޖު އެކުލަވައިލެއްވުމަށް ބޭނުންވާނެ ސިފައިން ފޯރުކޮށްދިނުމަށް އެދި އޭނާ ވަނީ އިންޑޮނީޝިޔާ، އެކުވެރި ޢަރަބި ޢިމާރާތް، މިޞްރު، ޤަޠަރު އަދި ތުރުކީވިލާތާއި އަޒަރްބައިޖާންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ނަމަވެސް، ޣައްޒާ ސުލްޙަ ބަަލަހައްޓާ ފައުޖުގައި ބައިވެރިވާނެ ކަމުގެ ޔަގީން ކަން އެއްވެސް ޤައުމަކުން މިހާތަނަށް ދީފައެއް ނެތެވެ.
ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނީ ޓްރަމްޕް ރާއްވަވަމުން ގެންދަވާ ބައިނަލްއަޤްވާމީ ފައުޖު އެކުލެވިގެންވާ ގޮތް ކަނޑައަޅާނީ ޔަހޫދީން ކަމުގައެވެ. ޔަހޫދީންގެ މި ނިންމުމަށް، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ރުހޭ ކަމުގައި ވެސް އޭނާ ބުންޏެވެ. އެ ފައުޖުގައި ބައިވެރިވުމުގެ ފުރުޞަތު ތުރުކީވިލާތަށް ނޯންނާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.
އުރްދުޣާން ގެންދެވީ ޔަހޫދީންގެ ޤަތުލުޢާންމާ ފާޅުގައި ދެކޮޅު ހައްދަވަމުން
މީގެ ކުރިން ތުރުކީވިލާތާއި ޔަހޫދީންނާ ދެމެދު ދިޔައީ ގާތް ގުޅުންތަކެއް ބާއްވަމުންނެވެ. ނަމަވެސް، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކު، ތުރުކީވިލާތާއި ޔަހޫދީންނާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ. އަދި، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ ޔަހޫދީންގެ ޤަތުލުޢާންމަށް ފާޅުގައި ފާޑުވިދާޅުވެ، ޔަހޫދީންނާ އެކު އޮތް ގުޅުންތައް ކަނޑައިލައްވާފައެވެ.
ބައިނަލްއަޤްވާމީ ފައުޖުގައި ބައިވެރިވުމުގެ ފުރުޞަތު ތުރުކީވިލާތަށް ނުދޭނެ ކަމުގައި އަނިޔާވެރި ނަތަންޔާހޫ ބުނުމުން އެމެރިކާއިން ވަނީ އެ ނިންމުމަށް އިޙްތިރާމު ކުރާނެ ކަމުގައި އިޝާރާތެއް ދީފައެެވެ. ދާދި ފަހުން ޒަޔަނިސްޓު ދައުލަތަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، ބައިނަލްއަޤްވާމީ ފައުޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ޔަހޫދީން ރުހޭ، އަދި ހިތްހަމަޖެހޭ ބަޔަކަށް އެކަނި ކަމުގައެވެ. ނަމަވެސް، ތުރުކީވިލާތުގެ ބައިވެރިވުމާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޣައްޒާގެ އިދާރީ ހިންގުން ބައްޓަން ކުރާނެ ގޮތަކާ މެދު ވެސް އަދި މިހާތަނަށް ގޮތެއް ނިންމިފައެއް ނެތެވެ. އެ ކަމާ ގުޅޭ ގޮތުން ޔަހޫދީންނާއި އެމެރިކާ ގުޅިގެން މިިހާރު ދަނީ ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކާ މަޝްވަރާ ކުރަމުންނެވެ. ޣައްޒާގެ ކުރިމަގުގައި ޙަމާސްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމުގައި ރޫބިޔޯ ވިދާޅުވިއެވެ. އަދި، ޣައްޒާއަށް ފޮނުވާނެ ބައިނަލްއަޤްވާމީ ފައުޖެއް އެކުލަވައިލުމާ ގުޅޭ ގޮތުން އެކުވެރި ދައުލަތްތައް (އދ)އަށް ޤަރާރެއް ހުށަހެޅުމަށް ނުވަަތަ އެ ކަމާ ގުޅޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއް އެކުލަވައިލުމުގައި މަސައްކަތް ކުރަމުންދާ ކަން ވެސް ރޫބިޔޯ ހާމަކުރެއްވިއެވެ. އެ ކަމާ ގުޅޭ ގޮތުން އެމެރިކާއިން މަޝްވަރާ ކުރަމުން ދަނީ ޤަޠަރާއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
