
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖޭގެ އާބާދީގެ 23 އިންސައްތަ މީހުން އެވަބާގައި ޖެހިފައިވާ ނުރައްކާތެރި ވަބާއެކެވެ. ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިންގެ ތެރޭގައިވެސް މިވަބާގެ ނުރައްކާވަނީ ބޮޑުވެފައެވެ. މިނުރައްކަލުން ސަލާމަތްވުމަށް އެތައް ބަޔަކު މަސައްކަތް ކުރަމުންދާއިރު، މިވަބާއިން ސަލާމަތްވެފައިވާ މީހުންވެސް މިކުޖުތަމަޢުގައި އެބަތިއްބެވެ. އޭގެތެރެއިން އެއްބޭފުޅަކީ ކުރީގެ ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފްއެވެ. ކުރީގެ ޒުވާނުންނާއި ކުޅިވަރު ވަޒީރު، އަޙްމަދު މަޚްލޫފް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރަށް ދިޔައީ މީގެ 3 އަހަރު ކުރިންނެވެ. ދުންފަތާއި ދުރުހެލިވުމަށްފަހު ކުޅިވަރު ކުޅިއެރުވުމުގައި މިއަދު މަސައްކަތް ކުރައްވަމުންދާ މަޚްލޫފްއަށް ސަރުކާރުގެ “ޖެނެރޭޝަނަލް ބޭން” ވެގެންދިޔައީ ވަރަށް ރަނގަޅު ސިޔާސަތަކަށެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަޚްލޫފްވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމަޢު ސަލާމަތްކުރުމަށް ފިޔަވަޅު އެޅުމަކީ، ކުރީގެ ސަރުކާރުންވެސް ބޭނުންވިކަމެއްކަމަށާއި އެހެންނަމަވެސް އޭރު އެފިޔަވަޅު ނޭޅި އޮތްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިސަރުކާރުން ވެރިކަމާއި ހަވާލުވެ ވަޒީރުންގެ މަޖިލީހުން އަދި ޤާނޫނު ހަދާ މަޖިލީހުން އެކަމަށް ޤާނޫނީ ބާރުލިބިގެން ތަންފީޒުވުމާ ހަމައަށް ގެންދިއުމަކީ، ހޯދި ބޮޑު ކާމިޔާބީއެއްކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
“އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، ރާއްޖެވެފައިވަނީ މިމުހިންމު ފިޔަވަޅު އަޅާ ފުރަތަމަ ޤައުމަށް. ސަރުކާރުގެ މިނިންމުމަށް އަޅުގަނޑު ކުރިންވެސް މަރުޙަބާކީން އަދި މިއަދުވެސް ކިޔަން. ސަބަބަކީ އޭގެ ސަބަބުން އަޅުގަނޑު ޕާސަނަލީ އެކަން އެކްސްޕީރިއަންސް ކުރެވުނު މީހެއްގެ އިތުރުން އަޅުގަނޑުމެންގެ ޒުވާން ޖީލު ވޭޕިންއާއި އަދި ސްމޯކިންގެ ތެރޭގައި ވަރަށް ބޮޑަށް ހަލާކުވެގެންދާކަން އެއީ ފެންނަން އޮތް ހަގީގަތެއް، އަމިއްލައަށް ވޭޕްކުރާ އަދި ސިނގިރޭޓުބޯ މީހަކުވެސް ބޭނުންނުވާނެ އޭނަގެ ދަރިއަކު އެކަންކުރާކަށް.” މަޚްލޫފް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއަކީ އެންމެ ބޮޑަށް ޑިސިޕްލިންގ އަދި ދުޅަހެޔޮކޮށް މީހާ ހުރުން ލާޒިމުވާ އެއްދާއިރާއެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާ އެތްލީޓުން ރާއްޖޭގެ އަރަމުން އަންނަ ކުޅިވަރުގެ ދާއިރާގައި ތިބުމަކީ ހިތާމަވެރިކަމެކެވެ. މިދާއިރާގައި ކުޅުންތެރިން ކުރިއެރުވުމަށް މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެއްގެ ހައިސިއްޔަތުން މަޚްލޫފް ވިދާޅުވީ، ކުޅުންތެރިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުކުރާ މީހުންގެ ފަރަޤު ވަރަށް ބޮޑަށް ފެންނަކަމަށެވެ. އެގޮތުން ރާއްޖޭގެ ބައެއް ޕްރޮފެޝަނަލް ކުޅުންތެރިން މެޗުތައް ކުރިއަށްދާ ވަގުތު އިންޓަރވަލް ގަޑީގައި ސިނގިރޭޓު ބޯތަން ފެންނަކަމަށާއި އެއީ ހިތާމަހުރިކަމެއްކަން ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަންގޭމް)
“އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންގެ އެތްލީޓުންނަކީ ރަނގަޅު، ޕްރޮފެޝަނަލީ ކުރިއަށްދާން ބޭނުންވާ ކުއްޖަކަށްވާނަމަ ދުންފަތަކީ އޭގެއިން އެއްވެސް ފައިދާއެއް ކުރާނެ އެއްޗެއް ނޫންކަން ޤަބޫލުކޮށްގެން މަސައްކަތް ކުރަންޖެހެނީ. އަޅުގަނޑުމެނަށް ފެނޭ ޕްރިމިއަ ލީގްގައި ކްލަބްތަކުގައި ސްމޯކްކުރާ ކުޅުންތެރިންނަށް އަބަދުވެސް މީހުން އެއްޗިހިގޮވުން އޮންނަނީ.” މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ކުއްޖެއްނަމަ ދުންފަތާއި ދުރުހެލިވާންޖެހޭކަމަށެވެ. އަދި މިހާރު އެތްލީޓުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުންވެސް މިވަބާއިން ދުރުހެލިވުމަކީ ޕްރޮފެޝަނަލީ ކުޅިވަރުގައި ދުޅަހެޔޮކޮށް ކުރިއަށްދިޔުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އަދި ދުންފަތާއި ދުރުހެލިވުމަށް ބޭނުންވަނީ ނުގުޑާފަދަ ޢަޒުމެއްކަމަށާއި އެއީ ކޮންމެ މީހަކުވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުކުރެވޭނެކަމެއްކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. އަދި އެއީ ޖީބަށް ބޮޑު ލުޔެއް ލިބިގެންދާކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ “ޖެނެރޭޝަނަލް ބޭން”އަށް ކުޅިވަރުގެ ދާއިރާގެ އެހާރާއި މިހާރުގެ ޚިދުމަތްތެރިންނާއި ކުޅުންތެރިންދަނީ މަރުޙަބާކިޔަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
