
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ބަހްރެއިންގައި ކުރިއަށް ތިންވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓްގައި ވާދަކުރުމަކީ ބޮޑު ތަޖުރިބާއެއް ކަމަށާއި، މިފަހަރު މުބާރާތުގެ ތެރެއިންނާއި ފަރިތަކުރުންތަކުގައި ކުޅެން ލިބުނު މެޗުތަކުން ކުރިއެރުންތަކެއް ލިބި، ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާތައް ނެރެވޭނެކަމުގެ އުންމީދު ބޮޑުވި ކަމަށް ކުޅުންތެރިން ބުނެފިއެވެ. މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަށް އެތުލީޓުން ވާދަކޮށްފައިވެއެވެ. އެއީ ފަލާހު އަހުމަދު ފަރޫޒާނާއި އައިމިނަތު ފަރްހާ ފަރޫޒާންގެ އިތުރުން އިބްރާހީމް ނަޝީތު ހަމްދީ، އައިޝަތު ޔޫހާ އަހުމަދު، އައިމިނަތު އަމްނާ އަލީ އާމިރު، އާދިލް މުހައްމަދު ކިޔާން، އަހުމަދު މަމްދޫހު އިޔާން އަދި އަހުމަދު އަޒާން އާދަމް ފައިސަލްއެވެ.
މިފަހަރުގެ އޭޝިއަން ޔޫތު ގޭމްސްއަކީ އެހުރިހާ އެތުލީޓުންނަށްވެސް ބޮޑު ގޭމްސްއެއްގެ ފުރަތަމަ ތަޖުރިބާއެވެ. މިއަދު ބެޑްމިންޓަން ރައުންޑް އޮފް 32 ގެ އިވެންޓްތައް ކުރިއަށް ދިޔަ އިރު، ފަރްހާއާއި ފަލާހު ވަނީ އެބުރުގައި ވާދަކޮށްފައެވެ. ފަލާހް ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް، މިއަދު ވާދަކުރީ ސްރީ ލަންކާގެ ކެނެތު އަރުގޯޑާ ދެކޮޅަށެވެ. އެ މެޗުގައި ފަލާހު ރަނގަޅު ވާދައެއް ކުރި ނަމަވެސް ލަންކާ ކުޅުންތެރިޔާ މެޗު ގެންދިޔައީ ދެ ސެޓުންނެވެ. ފަރްހާވެސް ވާދަކުރީ ސްރީ ލަންކާގެ އެތުލީޓަކާއެވެ. އެގައުމުގެ ސިތުލާ ރަނަސިންހޭއާ ވާދަކުރ މެޗުގައި ފަރްހާ ވަނީ މޮޅަށް ކުޅެފައެވެ. 21-7 އިން ފުރަތަމަ ސެޓު ލަންކާ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓުގައި ފަރްހާ ވަނީ ވަރުގަދަ ކުޅުމަކާއެކު ފަރަގު ކުޑަކޮށްފައެވެ. އެ ސެޓު ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 21-12 އިންނެވެ.
މިއަދުގެ މެޗުތަކަށްފަހު ފަރްހާއާއި ފަލާހު ބުނީ ގޭމްސްއެއްގެ ތަޖުރިބާ ކުރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ރަނގަޅު ކުރަން ބޭނުންވާ ކަންތައްތައް ފާހަގަވެއްޖެ ކަމަށެވެ. އޭގެ އިތުރުން ބަހްރެއިން ކަހަލަ ގައުމެއްގެ ވަރުގަދަ ފެސިލިޓީއެއްގައި މެޗުތަކެއް ކުޅެލަން ލިބުމުން، ގިނަ ކަންތައްތަކެއް ދަސްވި ކަމަށްވެސް އެތުލީޓުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
