
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން އިތުރު 3 ޤައުމީ ރެކޯޑެއް އާކޮށްފިއެވެ. އޭޝިއަން ޔޫތު ގޭމްސްގެ 10 ވަނަ ދުވަހުގެ އިވެންޓުތަކުގެ ތެރެއިން ސްވިމިނިގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ރެކޯޑް އާކުރީ ލޫތު މުހައްމަދު ހުސައިން އާއި އަމްނާ ތަޒްކިޔާ މިރުސާދުއެވެ. މިގޮތުން ލޫތު އާކޮށްފައިވަނީ ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ. ލޫތު މި ރެކޯޑު އާކުރީ 02:41.02 އިން އިވެންޓު ނިންމައިގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓު މަހު ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އިޒްޔާން ނާޒިމްއެވެ. އިޒްޔާން މި އިވެންޓު ފުރިހަމަކުރީ 02:45.21 އިންނެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ތަޒްކިޔާ ވަނީ މިއަދުގެ އިވެންޓުތަކުގައި އިތުރު ދެ ރެކޯޑެއް އާކޮށްފައެވެ. އެއީ އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓާއި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓެވެ. ތަޒްކިޔާ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކުރީ 00:31.49 އިން އިވެންޓު ނިންމައިގެންނެވެ. މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ހަނާން ޙުސައިން ޙަލީމް އެވެ. އެއީ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00:31.68 އިން ރޭސް ނިންމައިގެންނެވެ. އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކުރީ 00:32.57 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގައި ޤައުމީ ރެކޯޑް މީގެކުރިންވެސް އޮތީ ތަޒްކިޔާ އަތުގައެވެ. އެއީ މިދިޔަ އޮގަސްޓުމަހު ރޮމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:32.77 އިން ރޭސް ނިންމައިގެންނެވެ.
މީގެއިތުރުން ތަޒްކިޔާ މިރުޝާދު ވަނީ މިހާރު ކުރިއަށްދާ 3ވަނަ އޭޝިއަން ޔޫތު ގޭމްސްގައި 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑުވެސް އާކޮށްފައެވެ. އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓުގެ އިވެންޓުތައް ނިމުމަކަށް އައިސްފައިވާއިރު މިހާރު ދިވެހި އެތުލީޓުން ކުރިއަށް އޮތީ ސްވިމިންގ އިވެންޓުތައް އެކަންޏެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
