
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިއްފުށީގައި ފެށި ބިން ހިއްކުމުގެ މަޝްރޫޢުއާއެކު ރަށުގެ ބިން ދެގުނަވާނެކަމަށާއި މި މަސައްކަތް 1 އަހަރުތެރޭގައި މުޅިން ނިންމާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް ވަނީ ދިއްފުށީގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންކަން ރައްޔިތުންގެ ބައްދަލުވުމުގައި ޙިއްސާކުރައްވާފައެވެ. ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާބާދީ އަދި އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުންދާ ރަށަކަށްވުމާއެކު ދިއްފުއްޓަށް ބިން އިތުރުވެގެންދިއުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދުކަމަށެވެ. ބިމުގެ ޖާގަ ނެތުމުގެ ސަބަބުން ރައްޔިތުން އުޅެންޖެހިފައިވާ ނިކަމެތި ޙާލަތު ނިމުމަކަށް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިކަން ޙަގީގަތަކަށް ހަދައިދިނުމަށް ރަށުގައި، މި ދަތުރުގެ ތެރެއިން ފެށިގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢާއެކު ރަށުގެ ބިމުގެ ޖާގަ ދެގުނަ އިރުވާނެކަމަށާއި ޢުމްރާނީ އެތައް ފުރުޞަތެއް ހުޅުވިގެންދާނެ ވަސީލަތަކަށް މިކަން ވާނެކަމަށް ރައީސް ވިދާޅުވިއެވެ. “މިރަށަކީ 27 ހެކްޓަރުގެ ރަށެއް. ރަށަށް އިތުރު 23 ހެކްޓަރު މި މަޝްރޫޢުގައި އެބަ އިތުރުކުރެވޭ. އަޅުގަނޑު ދޭ ޔަގީންކަމަކީ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން. މަސައްކަތް ފަށާފަވާއިރު މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ބިން ހިއްކާ، ހިއްކާ ސަރަޙައްދު ޙިމާޔަތްކޮށް 1 އަހަރުން ނިންމާނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ބޯހިޔާވަހިކަމާއި ރަށު ފަތުރުވެރިކަމާއި ރަށުގެ ޢުމްރާނީ ތަރައްޤީއަށް މުހިންމު ވަސީލަތަކަށްވާނެކަމަށެވެ. މީގެއިތުރުން ދިއްފުއްޓަކީ ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަރަށަކަށްވުމާއެކު، ދިއްފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ނިންމާފަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. “40 ރަށުގައި، 5 މަސްތެރޭ ޑޮލަރު އޭޓީއެމް ބަހައްޓާ ނިންމާނަން. ޑޮލަރު އޭޓީއެމް މި ބަހައްޓަނީ ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށްތަކާއި ސިޓީ، އަރބަން ސެންޓަރު އަދި އާބާދީ ބޮޑެތި ރަށްތަކުގައި. މިރަށުގައިވެސް މަރޗްގެ ކުރިން އޭޓީއެމް ބަހައްޓާ ނިންމާނަން.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ސްކޫލް ތަރައްޤީއަށް ފެށި މަސައްކަތުގައިވެސް މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުރިންނަށް ކިޔަވާއިދޭ ޚާއްސަ ކްލާސްރޫމްވެސް ހިމަނާނެކަމަށެވެ. މީގެއިތުރުން ރަށުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް މިއަހަރު ޢަމަލީގޮތުން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފެން ހިންދާ ރަނގަޅު ނިޒާމަކާއެކު ރަށުގެ މަގުތައް ތަރައްޤީކުރުމާއި ވޮލީ ކޯޓަކާއި ހޭންޑް ބޯލް ކޯޓެއްވެސް ތަރައްޤީކުރާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރިއަށްދާނެކަމަށާއި އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި އެޓެންޑެންޓުން ހޯދުމަށް އަންނަ އަހަރަށް ބަޖެޓުކޮށްފަވާކަމަށެވެ. މިއާއެކު އިތުރު ޖާގަވެސް ސިއްޙީ މަރުކަޒަށް އިތުރުކޮށް އެކްސްރޭއާއި ސްކޭންގެ ޚިދުމަތްފަދަ ޚިދުމަތްތައް ދޭން ފަށާނެކަމަށެވެ. މީގެއިތުރުން ސްޕޯޓް ފިޝިންއަށް މަގުފަހިކުރުމަށް ރަށް ކައިރީގައި ބޮއެއެއް އެޅައިދޭނެކަމަށްވެސް ރައީސުލްޖުމްހިރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
