
(ފޮޓޯ ކްރެޑިޓްސް: ރަައްޔިތުންގެ މަޖިލިސް)
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލެ ސަރަހައްދުން ހިލޭ ދިން ގޯތިތަކަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، އެ ގޯތިތައް ދައުލަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ. ފަލާހު މި ވާހަކަ ދެއްކެވީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެ އެވެ.
އޭނާ ވިދާޅުވީ، ހިލޭ ދީފައި ހުރި ބިންތައް، އެ ބިންތަކުގައި ފާރެއް ރާނާފައި ހުރި ނަމަ ފާރުގެ ބަދަލު ދީފައި އަދި ގޯއްޗެއް ރާނާފައި ހުރި ނަމަ ގޯތީގެ ބަދަލު ދީފައި، ހުރިހާ ގޯއްޗެއް ދައުލަތަށް ނެގުމަށް ދިވެހި ރައްޔިތުންގެ 99 ޕަސެންޓް މީހުން ތާއީދު ކުރާނެ ކަމަށެވެ. އެއީ އެކަކަށް ފައިސާ ދައްކާ ގޮތަށް ފްލެޓް ދެމުން އަނެއް ބަޔަކަށް 1200 އަކަފޫޓުގެ ބިމެއް ހިލޭ ދިނުމަކީ ބޭއިންސާފެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. ފަލާހު އިތުރަށް ވިދާޅުވީ، ބިޑް އުސޫލުން އެ ގޯތިތައް ވިއްކާ ނަމަ ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ލިބޭނެ ކަމަށާއި، އެ ގޯތިތައް ދައުލަތަށް އަނބުރާ ނެގުމުން ގާތްގަނޑަކަށް 10 ބިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
ކުރީގެ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ނިންމުމުން އޭރުގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އޭރު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މޫސާ ސިރާޖު މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ. ސިރާޖު އޭރު ވިދާޅުވެފައިވަނީ ހުޅުމާލެ ހިޔާ ފްލެޓްތަކުގެ ބައެއް ކެޓަގަރީތަކަށް ފައިސާ ދައްކާ ގޮތަށް ފްލެޓް ދީފައިވާއިރު، އަދި އެޗްޑީސީން ބިން ވިއްކާއިރު އަކަފޫޓެއް 7000ރ. އަށް ވުރެ މަތީގައި ހުންނަ އިރު، ދައުލަތުގެ ދަރަނި 100 ބިލިޔަން ރުފިޔާއަށް އަރާފައިވާ ހާލަތެއްގައި 5،000 އާއިލާއަށް 48 ބިލިޔަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އެ ގޯތިތައް ބީލަމަށް ލައިގެން ވިއްކައިފިނަމަ ދައުލަތަށް ލިބޭނެ އާމްދަނީ ބެލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
