
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ލޯ މެޑެލް ހޯދި ރާއްޖޭގެ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ މުބާރާތުގައި ވާދަކޮށް ލޯ މެޑެލް ހޯދާފައިވަނީ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކުރި އަންހެން ޓީމުންނެވެ. މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން މިހާތަނަށް ރާއްޖެއިން ހޯދި ފުރަތަމަ މެޑެއްޔެވެ. އަންހެން ޓީމުން 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކޮށް ތިންވަނަ ހޯދީ 47.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ޓީމުގައި ހިމެނެނީ ކުޅުދުއްފުށި ސިޓީގެ އަހުނާ ނިޒާރާއި، އައްޑޫ ސިޓީގެ ހާއްވާ މުޒްނާ ފާއިޒާއި، މާލެ ސިޓީގެ ދެ އެތުލީޓުން ކަމަށްވާ ޒިވާ މޫސާ ޝަފީއާއި އައިޝަތު ޝަބާ ސަލީމެވެ. މީގެ އިތުރުން މި މުބާރާތުގައި ރާއްޖޭގެ ފިރިހެން އެތުލީޓުންވެސް ވަނީ ވާދަކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޑިއާގައި ކުރިއަށްދިޔަ މުބާރާތުގެ ކާމިޔާބީއަށްފަހު މިއަދު މެންދުރު ޓީމު އެނބުރި މާލެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުންނާއި، އެތުލެޓިކްސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަހުގެ 16 އިން 24 އަށް އިންޑިއާގެ ރާންޗީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ބަންގްލަދޭޝް އާއި ނޭޕާލް ފަހަތަށް ޖައްސާލައި، ތިންވަނަ ހޯދުމަކީ ރާއްޖޭގެ އެތުލީޓުން ހޯދި ތާރީޚީ ކާމިޔާބީއެއް ކަމަށް ފާހަގަކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ރާއްޖެ ތަމްސީލުކުރި އަންހެން އެތުލީޓުންނަށް މަރުޙަބާ ކިޔާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި އިންވެޓުން ރަން މެޑެލް ހޯދީ 44.70 ސިކުންތުން ރޭސް ނިންމައިގެން ސްރީ ލަންކާއިންނެވެ. އަދި ރިހި މެޑެލް ހޯދީ 44.93 ސިކުންތުން ރޭސް ނިންމައިގެން އިންޑިއާއިންނެވެ. މި އިވެންޓުގައި ވާދަކުރި ބަންގްލަދޭޝްއަށް ލިބިފައިވަނީ ހަތަރުވަނައެވެ. އެންމެ ފުލުގައި އޮތީ ނޭޕާލެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
