
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އަތޮޅުތެރޭގެ އޭޓީއެމްތަކުން ދުވާލަކު 9،300 މުޢާމަލާތްކުރެވޭ ކަމަށާއި، ދައުރުވާ ފައިސާގެ އަދަދު 25.7 މިލިޔަނަށް އަރާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. “މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް” ގެ ނަމުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ޚާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނީ ރާއްޖޭގެ އޭޓީއެމްގެ ވިއުގަ ފުޅާކޮށްފައިވާ މިންވަރާއި، އެކަމުގެ ސަބަބުން އިޤްތިޞާދަށް އަންނަ މުހިންމު ބަދަލުތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވައިފިއެވެ. “2024ގެ ކުރިން އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށެއްގައި. 2024ގަ އިތުރު 9 ރަށެއްގައި އޭޓީއެމްތައް ބެހެއްޓިފައިވާއިރު، މިއަހަރުގެ މިހާތަނަށް 130 ރަށެއްގައި އޭޓީއެމްތައް ބެހެއްްޓި 180 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފަ. މިއާއެކު އޭޓީއެމްގެ ޚިދުމަތް ނުލިބޭ މިހާރު އިނީ އެންމެ 2 ރަށް.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމުގެ ސަބަބުން އިޤްތިޞާދީ ގޮތުން މުހިންމު ކުރިއެރުންތަކެއް ފެނިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އޭޓީއެމްތައް މެދުވެރިކޮށް 230،000 މުޢާމަލާތް ކުރެވިފައިވާއިރު، ޖުމްލަ 203 މިލިޔަން ރުފިޔާ އޭޓީއެމްތަކަށް ޖަމާކުރެވިފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ފައިސާ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަނުމަކީ މާލީ ދުވެލި ރަނގަޅުވުމަށް ލިބުނު ބާރެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ބީއެމްއެލްގެ ވިއުގަ ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ކުރެވޭ މުޢާމަލާތްތަކުގެ އަދަދުތައް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މާލެ ސިޓީގައި ދުވާލަކު 14،000 މުޢާމަލާތް ކުރެވޭއިރު، 79 މިލިޔަން ރުފިޔާ ދައުރުވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ދުވާލަކު 9،300 މުޢާމަލާތް ކުރެވޭއިރު، 25.7 މިލިޔަން ރުފިޔާ އޭޓީއެމްތައް މެދުވެރިކޮށް ދައުރުވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މި މަސައްކަތް ކުރައްވަނީ ޚާއްޞަ މަޤްޞަދެއްގައި ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. “ރައީސް ޑރ. މުހައްމަދު މުޢިއްޒު އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އޭޓީއެމްތައް އެ ހުޅުވަނީ ވަރަށް މާތް މަގުސަދެއްގައި. ފައިނޭންޝިއަލް އިންކްލޫސިވްއަކީ މިގޮތަށް ކަނޑުން ބައިބައިވެފައި ވަރަށް މުހިންމު ކަމެއް. ރަށްރަށުގެ ރައްޔިތުން ވަރަށް ލޯވްބާއެކު މިކަން ގަބޫލުކުރޭ.” ވަޒީރު ވިދާޅުވިއެވެ. ރަށްރަށުގައި ބީއެމްއެލްއިން ބަހައްޓާ އޭޓީއެމްތަކަކީ ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތުގެ އިތުރުން އަސާސީ ބޭންކިން ޚިދުމަތްތައް ލިބޭ އޭޓީއެމްތަކަށްވުމުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޭންކިން ޚިދުމަތް ހޯދުމަށް މިމަޝްރޫޢުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ޤައުމީ ބޭންކުން ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
