
ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރީގެ ކުލަބުތަކާއި ކުރީގެ ފުޓްބޯޅަ އޮތް ލެވެލަށް ގެންދިއުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރާ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ބޯޑު މެންބަރު އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ. އެފްއޭއެމްގެ މަސައްކަތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ ޚާއްސަ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުލަބުތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝިއުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝިއުރީ ވިދާޅުވީ އެ ބައްދަލުވުމުގައިވެސް އެފްއޭއެމްގެ އައު މެނޭޖުމެންޓުން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާކަން އެނގުނުކަމަށެވެ. އެ ކަމަށް އެފްއޭއެމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށް ޝިއުރީ ވިދާޅުވިއެވެ. “އަޅުގަނޑު ދަންނަވާނީ ސަރުކާރުގެވެސް ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރީގެ ކުލަބުތަކާއި ކުރީގެ ފުޓްބޯޅަ އޮތް ލެވެލަށް ގެންދިއުމަށް ކުރާ މަސައްކަތަކީ ހަމަ ވަރަށް މުހިއްމު މަސައްކަތެކޭ. މިހާރުވެސް އަޅުގަނޑުމެންނަށް ފެނޭ ވަރަށް ގިނަ ސަޕޯޓަރުން ބައެއް މެޗުތަކުގައި ކުރީގައި އެއޮތް ފޯރި ހަމަ ބައެއް މެޗުތަކުގައިގެންނަކަން. އެގޮތުން ބެރުޖަހާ އަޑުގަދަކޮށް މިކަހަލަ އެޓްމޮސްފިއަރއެއް މަޑުމަޑުން ބިލްޑްވާން ފަށައިފި. އެހެންވީމަ އަޅުގަނޑުމެން ޔަގީން ކުރަނީ މިހާރު ހަމަ އެ ބޮޑެތިި ކުލަބުތަކުގެ އިތުރަށް މިހާރު ދިވެހި ޕްރިމިއަރ ލީގުގައި ހުރި ހުރިހާ ކުލަބުތަކުގެ މެދުގައި ވަރަށް ރަނގަޅު ލީގެއް ކުރިޔަށްގޮސް ކުރީގައި އޮތް ފޯރި ހަމަ މަޑުމަޑުން އިޔާދަވެގެން އަންނަ ކަން” ޝިއުރީ ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް ހިސާބަށް އަލުން ގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ. ފީފާފެ ރައީސާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމުގެ އުންމީދު ވަނީ އައުވެފައެވެ. އެގޮތުން މާލީގޮތުން ބޮއްސުންލާފައިއޮތް ފުޓްބޯޅަ އިދާރާގެ ފަންޑު މެނޭޖްމެންޓް ސިސްޓަމާއި އިދާރީ ކަންކަން ހަމަމަގަށް އަޅުވައި، ދެފުއް ފެންނަ ނިޒާމަކަށް އެ އިދާރާގެ އޮނިގަނޑު އަލުން ބަދަލުކުރުމުގެ މަސައްކަތަށް ފީފާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.
ވަކިން ޚާއްސަކޮށް އަތޮޅުތެރޭގައި ފުޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިން އުފައްދައި، އެ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުން ހިމެނެއެވެ. އެގޮތުން ނޮވެމްބަރު 1 ގައި ފަށާ އެޓޯލް ޗެމްޕިއަންޝިޕާއި އަންހެން ފުޓްބޯޅަ މުބާރާތަށް އެހީވުމަށް ފީފާއިން ވަނީ ނިންމަވާފަފައެވެ. އަދި ފީފާގެ އައު ފްރޮޖެކްޓްތަކެއް ރާއްޖެއަށް ގެނެސް ވަރަށް އަވަހަށް ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓާއި، ފީފާ އެރީނާތައް ރާއްޖޭގައި ގާއިމުކުރުމުގެ ޕްރޮޖެކްޓްތަކެއް ހިންގަވާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް ވަނީ ދެއްވާފައެވެ.
ފީފާފެ ރައީސްގެ ދަތުރުފުޅަށް އިޝާރާތް ކުރައްވަމުން ޝިއުރީ ވިދާޅުވީ މިއީ ވަރަށް މުހިއްމު އަދި ވަރަށް އުންމީދީ ކަމެއް ކަމަށާއި، ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމެއްގެ އިތުރަށް ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ސެގްމެންޓަށްވެސް މީގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
