
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓް ގެނައުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރިޔަށް ގެންދަވާ ކަމަށާއި، ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެތެރެއިން ކުރެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާގެ ކަންކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ލައިޓް ލިބުނުހާ އަވަހަކަށް އެކަން ފެނަކައިން ކުރިޔަށް ގެންދަވާނެ ކަމަށެވެ.
”ފެނަކައިން އެ މަސައްކަތް ފެށުމަށް ބޭރުން ގެންނަންޖެހޭ ލައިޓް ގެނައުމުގެ ކަންކަން އެބަދޭ ކުރިޔަށް މިއަންނަ މަސް ނުވަތަ މި މަސް ނިމޭ ހިސާބަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ތަކެތި ގެނެވޭނެކަމަށް“ ރައީސް ވިދާޅުވިއެވެ. ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތާއި ޓާފް އެޅުމުގެ މަސައްކަތްވެސް އެކުއެކީގައި ކުރިޔަށް ގެންދެވޭނެ ކަމަށާއި މަސައްކަތް ކުރުމަށް މީގެ އިތުރުން ކުރެންދޫ ފުޓްސަލް ދަނޑުގެ ފެންސްގައި ދަބަރުޖަހާފަހުރުމާއެކު އެ ފެންސް އައުކުރުމަށްވެސް އެހީތެރިކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނޫންވެސް ކުޅިވަރުގެ ދާއިރާއިން ކުރެންދޫއަށް ބޭނުން ކަންކަން އެބަހުރިކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
