
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކުން ތަކެތި އުފައްދާ ފަރާތްތަކުން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގައި ރަޖިސްޓްރީކުރުމަށް ހުޅުވާލައިފިއެވެ. މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯއެމްޕީސީ) އަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، ދިވެހި މުޖުތަމައަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މިއީ އަކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހައި ވަސީލަތްތައްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް، ބައިނަލްއަޤުވާމީ ބާޒާރުގައި އާއި ރާއްޖޭގެ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމާއި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެކެވެ.
މި އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި މަސްވެރިކަންކުރާ ފަރާތްތަކާއި، މަސް ޕްރޮސެސްކުރާ ފަރާތްތަކާއި، މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި، އެކުއަކަލްޗަރ އަދި މެރިކަލްޗަރ އޮޕަރޭޓަރުންނާއި، ވިޔަފާރިވެރިންނާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި، ޖަމްޢިއްޔާތަކާއި މިދާއިރާގައި ހަރާކަތްތެރިވާ ގުޅުންހުރި ހުރިހާ ފަރާތެއްގެ ޑޭޓާ ބޭސްއެއް ނުވަތަ ދަފްތަރެއް އެކުލާވާލުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ރަޖިސްޓަރީވާންވީ ކީއްވެ؟
* މަސްވެރިކަމުގެ ޤައުމީ ޕްރޮމޯޝަން ނެޓްވޯކުގެ ބައިވެރިއަކަށްވުން
* ބައިނަލްއަޤްވާމީ ބްރޭންޑިންގ އަދި މާރކެޓިންގ ސަޕޯޓް ލިބުމުގެ ފުރުސަތު ފަހިވުން
* މަސްވެރިކަމުގެ ހަރުދަނާ ތަޞައްވުރެއް ބިނާކުރުމުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ލިބުން
* ކުރިއަށް ހުރިމަޝްރޫޢުތަކާއި، ޙަރަކާތްތަކާއި، ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ލިބި، އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބުން
މި ކުންފުނީގައި ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތަކުގެ ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށެވެ. ރަޖިސްޓްރީކުރުމަށްޓަކައި އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ފޯމެއް ފުރިހަމަކުރަންޖެހެއެވެ. ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ވަކި ޚާއްސަ ބްރޭންޑެއް ތަޢާރަފްކޮށް، އެ ބްރޭންޑްގެ ދަށުން މަސްވެރިކަމާއި ކަނޑުފަޅުގެ އެންމެހައި ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް މާކެޓްކޮށް ޕްރޮމޯޓްކުރުމުގެ ޒިންމާވެސް މަތިކުރެވިފައިވަނީ މި ކުންފުންޏާއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
