
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މުލަކަތޮޅު މުލި އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރުކޮށް، ދުވާލަކު އެއް ދަތުރު ކުރަން ފަށައިފިއެވެ. މިއީ މޯލްޑިވިއަންގެ ދަތުރުފަތުރުގެ ނެޓްވޯކް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އަރލައިނުން ފާހަގަކޮށްފައިވެއެވެ. މޯލްޑިވިއަނުން މ. މުއްޔަށް ދަތުރުކުރަން ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހު އެ އެއަރލައިނުން ދަނީ މުއްޔަށް ދަތުރުތައް ބާއްވަމުންނެވެ. ނަމަވެސް މިހާރު މޯލްޑިވިއަނުން ވަނީ މުއްޔަށް ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވަން ނިންމައި، ދަތުރުތައް ކުރަން ފަށާފައެވެ.
ކޮންމެ ދުވަހަކުވެސް މާލެއާއި މުއްޔާ ދެމެދު ކުރެވޭ 35 މިނެޓުގެ މި ދަތުރުގެ ސަބަބުން މީމު އަތޮޅުގެ ރައްޔިތުންނަށް ދަތުރުކުރަން ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި މުލި އާއި އެ އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންނަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.
Today we commemorated the beginning of our daily flight to Meemu Muli.
This milestone marks another step in expanding our connectivity and creating unforgettable travel experiences across the Maldives. ✈️🌴 #MaldivianAero pic.twitter.com/7dxaz4Qa64
— MaldivianAero (@MaldivianAero) October 26, 2025
މޯލްޑިވިއަންގެ އަމާޒަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ނެޓްވޯކް ފުޅާކޮށް، ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މުއްޔަށް ޑެއިލީ ދަތުރުތައް ފެށުމަކީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް މުއްސަނދިކޮށްދޭނެކަމެއް ކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ. ޤައުމީ އެއެއަރލައިންގެ ފްލީޓުގައި 25 ބޯޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ އޭޓީއާރުގެ ބޯޓުތަކާއި، ޑޭޝް8ގެ ބޯޓުތަކާއި، އޭ320 ނެރޯބޮޑީގެ އިތުރުން ސީޕްލޭން ބޯޓުތައް އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުންދެއެވެ. އަދި މ. މުއްޔަށް ކުރާ ދަތުރާއެކު، މޯލްޑިވިއަންގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ވިއުގަ މިހާރު 17 މަންޒިލަކަށް ފުޅާވެފައިވާ ކަމަށް އެ އަރލައިނުން މައުލޫމާތުދެއެވެ.
މުލި އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
