
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހުށައެޅި ޝަރުތުތަކަށް ކުންފުނިތަކުގެ ޝަކުވާއޮތުމާއެކު، އެ މިންގަނޑުތަކަށް ބައެއް އިސްލާހުތައް ގެނެސް، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެތެރޭގައި އަލުން ހުޅުވާލުމަށް ނިންމާފަވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް، ދަތުރުފަތުރާ ބެހޭ ވަޒީރާ ސުވާލުކުރެއްވީ، މިއަހަރުގެ މަރޗްމަހު ފެށުމަށް ނިންމާފަވާ އެ ޚިދުމަތް ލަސްވަމުންދާ ސަބަބާއި އެ މަސައްކަތް ފަށާނެ މުއްދަތު އަދި އެ މަސައްކަތް ހަވާލުކޮށްފަވާ ކުންފުންޏާ ގުޅޭގޮތުންނެވެ.
މިކަމާ ގުޅޭގޮތުން ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ޕްރޮޕޯސަލަށް ހުޅުވާލީ، އެ ޚިދުމަތުގެ ތެރެއިން ދިވެހި ރައްޔިތުންނާ ސަރުކާރަށް އެންމެ ފައިދާ ބޮޑުވާނެގޮތަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަކި މިންވަރަކަށް ޚިދުމަތް ދޭންޖެހޭގޮތަށްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ އޭރު ހުޅުވާލި ފުރުޞަތުގައި، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރިކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށްދިޔައިރު، މިފަދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައަޅާފަވާ މިންގަނޑުތައް މާ ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރިކަމަށެވެ. “ހަމައެކަނި ޚިދުމަތުގެ ޓްކްސް ނަގާގޮތަށް އެކަނި އެކަން އޮންނަން ސަރުކާރުން ބޭނުން ނުވޭ. އެކަމުން ދަޢުލަތަށް އެންމެ ބޮޑު ފައިދާއެއް ހޯދޭނީ ކިހިނެތްތޯ ބެލީ. އެހެންވީމަ މެޑިކަލް އަދި ރެސްކިއު އޮޕަރޭޝަންގައި ހިލޭ އެހީ ދޭންޖެހޭގޮތަށް ހިމެނީ. ނަމަވެސް އެވަރު ބޮޑުކަމަށް ކުންފުނިތަކުން ހާމަކުރުމުން، އޭރުގެ އާރްއެފްޕީ ޤާނޫނީ އިމުގެ ތެރެއިން މިހާރު ވަނީ ބާތިލުކޮށްފައި.” ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް ކުންފުނިތަކުގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، އަލުން ޕްރޮޕޯސަލް މިންގަނޑުތައް އެކަށައެޅުމަށް ސަރުކާރުން ނިންމާފަވާކަމަށެވެ. ކުންފުނިތަކުން ޝަޢުގުވެރިކަން ހުށައެޅުމާއި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ކުރިއަށް އޮތް މަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ. “ކުރީގެ ތަޖުރިބާއަށް ބަލާފަ އާރްއެފްޕީއައް ލުއި ބަދަލުތަކެއް ގެންނާނަން. ޑިސެމްބަރުގެ ކުރިން ހުޅުވާލާ، އަހަރެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް.” ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ އެކަށީގެންވާގޮތުގައި މި ޚިދުމަތް ދިނުމަށް، ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރަފާވާ ޤައުމު އެމެރިކާގެ ސިވިލް އޭވިއޭވިއޭޝަންގެ މިންގަނޑުތަކާއި ރާއްޖޭގައި ދިރާސާއެއްވެސް ކުރިއަށްގެންސްފަވާކަމަށެވެ. މި ދިރާސާއިންވެސް އިނގިފަވާގޮތަށް، ވަކި ބާވަތްތަކުގެ ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ރައްކާތެރިކަމާއެކު ދެވޭނެކަން އިނގިފަވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މީގެ 25 އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިން އިރު، ހިތާމަވެރި 3 ހާދިސާއެއް ހިނގުމަކީ، ރައްޔިތުންގެ ހިތުގައި އެކަމާ މެދު ނުތަނަވަސްކަމެއް އަދިވެސް އޮތް ކަމެއްކަމަށެވެ. އެހެންކަމުން މި ދިރާސާއާއި އަދި ޚިދުމަތްވެސް ބައްޓަންކުރާނީ ސީ.އޭގެ މިންގަނޑުތަކަށް އެންމެ ރައްކާތެރިކޮށްކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޚިދުމަތާއެކު ފަތުވެރިކަމުގެ ސިނާއަތަށް ދެވޭ ވަރަށް މުހިންމު ޚިދުމަތަކަށް ވާނެކަމަށާއި އިންސާނީ އެހީތެރިކަން ދިނުމުގައިވެސް އެހީއަކަށްވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
