
(ފޮޓޯ ކްރެދިޓްސް: ވީޢައިއޭ)
އިންޑިއާގެ އެންމެ ބޮޑު އެއް އަމިއްލަ އެއާރލައިން ކަމަށްވާ އިންޑިގޯއިން، ޓްރިވެންޑްރަމާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ނިންމީ އިންޑިއާއާއި މާލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ޑިމާންޑް އިތުރުވެފައިވާތީ އެކަމަށް ބެލުމަށްފަހުކަމަށް އިންޑިގޯއިން ބުނެއެވެ. ޓްރިވެންޑްރަމަކީ އިންޑިގޯއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި 4 ވަނަ ސިޓީއެވެ. މީގެ ކުރިން އިންޑިގޯއިން އަންނަނީ ބެންގަލޫރު، ކޮޗިން، އަދި މުމްބާއީއަށް ދަތުރުތައް ބާއްވަމުންނެވެ. މިހާރު އިންޑިގޯއިން މާލެއާއި އިންޑިއާ އާ ދެމެދު ހަފްތާއަކު ޖުމްލަ 28 ފްލައިޓް ބާއްވަމުންދެއެވެ.
Exciting news for travelers! @IndiGo6E now flies daily to Trivandrum. 💙 pic.twitter.com/jQjNtLEWZO
— Velana Airport (@VelanaAirport) October 26, 2025
މި ރޫޓުގައި އިންޑިގޯއިން ބޭނުންކުރަނީ އޭޓީއާރު 72-600 މަރުކާގެ ބޯޓެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މެންދުރު 12:00ހާއިރު ފްލައިޓް ޓްރިވެންޑްރަމުން ނައްޓާލާނެކަމަށާއި، މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 13:15ހާއިރު ޖައްސާނެކަމަށް އިންޑިގޯއިން ބުނެއެވެ. އަދި އެނބުރި ޓްރިވެންޑްރަމަށް ދާން މާލެއިން ފުރަނީ 14:05ހާއިރު ކަމަށްވެސް އިންޑިއޯއިން ބުނެއެވެ. އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން، އިންޑިއާގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި ދަތުރުތަކާއެކު އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އިންޑިގޯއިން ބުނެއެވެ.
އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ޑެއިލީ ދަތުރުތައް ފަށާފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން މިހާރުވެސް އިންޑިއާގެ ޓްރިވެންޑްރަމަށް ސީދާ ދަތުރުތައް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
