
ލިވަޕޫލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ވާޖިން ވެންޑައިކާއި ފޯވަޑް މުހައްމަދު ސަލާހްގެ ފަރާތުން މި ސީޒަނުގައި ލީޑަރޝިޕް ނުފެންނަ ކަމަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ވޭން ރޫނީ ބުނެފި އެވެ. އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން މިހެން ބުނީ ފާއިތުވެދިޔަ 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިވަޕޫލް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ އިނގިރޭސި ލީގުގައި ލިބިފައި އޮތް ބޮޑު ލީޑު ގެއްލި ޓޭބަލިގެ ހަތަރު ވަނަ އަށް ވެއްޓުމާ ގުޅިގެންނެވެ. “އެ ދެ ކުޅުންތެރިންނަކީ ޓީމުގެ ވަރަށް މުހިންމު ދެ ކުޅުންތެރިން. އެ މީހުން ކޮންޓްރެކްޓް އާ ކުރީ މިދިޔަ ސީޒަނަށް ފަހު. އެކަމަކު މިދިޔަ ސީޒަނުގައި ފެނުނު ލީޑަރޝިޕް މި ސީޒަނުގައި އެ މީހުންގެ ފަރާތުން ނުފެނޭ. އެ މީހުންގެ ހަށިގަނޑުގެ ހަރަކާތްތަކުން އެކަން އެނގޭ. މީހާގެ ހަށިގަނޑުގެ ހަރަކާތްތަކުން ބުނެދޭ ވާހަކަތަކަކީ ވަރަށް މުހިންމު އެއްޗެއް. އަހަރެންނަކީ ލިވަޕޫލްގެ ސަޕޯޓަރެއްނަމަ ނުވަތަ ކޯޗުނަމަ މިއީ އަހަރެން ވަރަށް ކަންބޮޑުވާނެ ކަމެއް،” ރޫނީ ބުންޏެވެ.
އޭނާ އަދި ބުނީ ލިވަޕޫލް މި ސީޒަނުގައި ބޮޑު ހަރަދެއްކޮށް މޮޅު ކުޅުންތެރން ގެނެސްފައިވާއިރު ޓީމުގެ ގުޅުން ވެސް ފެންނަނީ ކުޑަކޮށް ކަމަށެވެ. ރޫނީ އަކީ ހަމައެކަނި ލިވަޕޫލަށް ފާޑުކިޔައި ހެދި ހަމައެކަނި ކުޅުންތެރިޔާއެއް ނޫނެވެ. އެ ޓީމުގައި މުޅި އުމުރު ހޭދަކުރި ކުރީގެ ވައިސް ކެޕްޓަން ޖެމައިން ކަރެގާ ވެސް ވަނީ ކޯޗު އާނޭ ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ 500 މިލިއަން ޔޫރޯ ހަރަދުކޮށްފައި ލިވަޕޫލް ކުޅުންތެރިން ގެންނަން ޖެހޭނީ ކޮންމެހެން ބޭނުންވާ މަގާމުތަކަށް ކަމަށެވެ. “އެކަމަކު ފެނިގެންދިޔައީ ރެއާލް މެޑްރިޑުން ތަރިން ގަންނަ ގޮތަށް. އެހެންވީމާ މިހާރު ކޯޗު ވާންޖެހޭނީ ވެސް ރެއާލް މެޑްރިޑްގެ ކޯޗަކަށް. އެއީ ހުރިހާ ކުޅުންތެރިން ހިތްހަމަ ޖައްސަން ޖެހޭނެ. ރެއާލް މެޑްރިޑުގައި އެކަން އެންމެ މޮޅަށް ކުރި މީހަކީ ކާލޯ އަންޗެލޯޓީ. ލިވަޕޫލް ކޯޗު އަމިއްލަ އަށް މި ހުރިހާ ކުޅުންތެރިން ގަތީ. އެހެންވީމާ އެ މީހަކު ކުރި ކަމެއް ރަނގަޅު ކުރަން ޖެހޭނީ ވެސް އެ މީހަކު،” ކަރެގާ ބުންޏެވެ.
ކޯޗު އާނާ ސްލޮޓް ވަނީ ލިވަޕޫލް މިހާބޮޑަށް ފޯމު ގެއްލުމުން ޓީމު ހަމަޔަކަށް އަޅުވުމަކީ އޭނާ އަސް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
