
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން އާސިއާން ސަރަހައްދަށް ޚާއްސަކޮށް ފީފާ އާސިއާން ކަޕްގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ކުރިއަށްދިޔަ 47 ވަނަ އާސިއާން ސަމިޓް އާއި ދިމާކޮށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެސޯސިއޭޝަން އޮފް ސައުތު އޭޝިއަން ފުޓްބޯލް (އާސިއާން) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ފިފާގެ ރައީސް ޖިއާނޯ އިންފަންޓީނޯ ވިދާޅުވެފައިވާ ގޮތުގައި މި މުބާރާތުގައި އާސިއާންގެ ހުރިހާ މެމްބަރު ގައުމުތަކަށް ވާދަކުރެވޭނެ އެވެ. އަދި މި މުބާރާތް ކުރިއަށްދާނީ 2021 ވަނަ އަހަރު ފީފާ އިން އިންތިޒާމްކުރި އަރަބް ކަޕް އާއި އެއް ފޯމެޓަކަށެވެ.
އާސިއާންގެ 11 މެމްބަރު ގައުމުގެ އިތުރުން އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އާއިއެކު މި މުބާރާތް ކުރިއަށް ގެންދާނެ ތާރީޚަކާއި އަދި ކުރިއަށް ގެންދާނެ ގޮތެއް ވަރަށް އަވަހަށް ފައިނަލްކޮށް އިއުލާން ކުރެވޭނެ ކަމަށްވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. “މި މުބާރާތް ވެގެންދާނީ އާސިއާންގެ ގައުމުތަކުގެ އިތުރުން އޭޝިޔާގެ ފުޓްބޯޅަ އަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި. އަދި މިއީ މި ސަރަހައްދުގެ ކުޅުންތެރިން އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް.” އިންފަންޓީނޯ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
