
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް ކުލަބް އީގަލްސް އިން ހޯދި ޕޮއިންޓާ އެކު ތާވަލުގެ ފަހަތުން ސަލާމަތް ވެއްޖެއެވެ. މި ދެޓީމު ވާދަކުރި މެޗު ނިމުނީ 0-0 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ނިއުވަނީ ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށް ލީގުގެ ދެވަނައަށް ޖެހިލާފައެވެ. އީގަލްސް އިން މި މެޗަށް ނުކުތްއިރު، ލީގު ތާވަލުގެ ފުލުގައި އޮތް ނަމަވެސް މި މެޗުން ލިބުނު ޕޮއިންޓާއެކު، ފަސް މެޗުން ތިން ޕޮއިންޓް ހަމަކޮށް ވަނީ 10 ޓީމު ކުޅޭ ލީގުގެ އަށް ވަނަ އަށް ޖެހިލާފައެވެ. 8 ވަނައިގައި އޮތް އީގަލްސް އާއި ނުވަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ފަސް މެޗުން ލިބުނީ ތިން ޕޮއިންޓެވެ.
ލީގުގެ 1 ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ފަސް މެޗުވެސް ކާމުޔާބުކޮށް 15 ޕޮއިންޓް ހަމަކޮށްފައެވެ. ދެ ވަނައިގައި އޮތް ނިއު އާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ހަމަލާތައް އުފެއްދުމުގައި ނާކާމިޔާބު ވެގެންދިޔައިރު މާ އެދެވޭ ކުޅުމެއް ވެސް ދެއްކިފައެއް ނުވެއެވެ. މެޗުގެ 11 ވަނަ މިނިޓުގައި އީގަލްސްގެ އިބްރާހިމް މަހުދީ ހުސެން ނަގައިދިން ބޯޅައެއް އޭރިޔާ ތެރެއިން އީގަލްސްގެ ހަސަން ސަހާފް ފޮނުވާލުމުން ނިއުގެ ކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮއްފައެވެ. ފުރަތަމަ ހާފުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ނިއުއަށް ލިބުނު ހިލޭ ޖެހުމެއް އަލީ ފާސިރު ފޮނުވާލުމުން ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗުގެ 36 ވަނަ މިނިޓުގައި ނިއުގެ މުހައްމަދު އިރުފާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ ސީދާ ނުވެއެވެ.
މެޗުގެ އެންމެ ހުސް ފުރަސެތެއް ލިބުނީ އީގަލްސްގެ އިބްރާހިމް މަހުދީއަށެވެ. 50 ވަނަ މިނިޓުގައި އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިންވެސް ނައްޓާލާ ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ނިއުގެ ޑިފެންޑަރ ފަރަކަޖޯން އެވެ. އޭގެފަހުން އީގަލްސްގެ އިބްރާހިމް އާއީ ނިއުގެ އަހުމަދު ހުސާމްއަށް ލިބުނު ފުރުސަތު ވަނީ ބޭނުން ހިފޭގޮތް ނުވެފައެވެ. މެޗުގެ 78 ވަނަ މިނިޓުގައި މުހައްމަދު ޝަހާއު ފޮނުވާލި ބޯޅައެއް އީގަލްސްގެ ކީޕަރު ވަނީ މަތަކޮއްފައެވެ. މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގެ އީގަލްސްގެ އިބްރާހިމް ރިޒުވާން އާއި އިބްރާހިމް މަހުދީއާ ދެކުޅުންތެރިން އެކުވެގެން އުފެއްދި ހަމަލާ މަހުދީ ފޮނުވާލުމުން ނިއުގެ ކީޕަރު ވަނީ ދިފާއު ކޮއްފައެވެ. އީގަލްސް މިވަނީ އެންމެ ފަހުން ކުޅުނު ދެމެޗުގައި މިފަހަރު ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އޮޑި ސްޕޯޓްސް ކުލަބާއި ނިއު އަތުން ޕޮއިންޓެއް ހޯދާފައެވެ. އީގަލްސް އަދިވެސް އޮތީ މި ސީޒަންގެ އެޓީމުގެ ފުރަތަމަ މޮޅުގެ އިންތިޒާރުގައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
