
ރެއާލް މެޑްރިޑާއި ސްޕޭނުގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިޔަސްގެ އަގުހުރި ގަޑިތައް ވަގަށް ނެގި މައްސަލާގައި އޭނާގެ ގޭގެ މެއިޑާއި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ގޭގެ މެއިޑާއި އޭނާގެ ފިރިމީހާ އަކީ ކަސިޔަސް ވަރަށް އިތުބާރު ކުރަމުންދިޔަ ދެ މީހެކެވެ. މެއިޑްގެ ފިރިމީހާ އަކީ ސެކިއުރިޓީ ގާޑެކެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ގޯލަކިޕަރުގެ ބިޒީ ޝެޑިއުލްގެ ނާޖާއިޒް ފައިދާ ނަގައި މި ދެމަފިރިން ވަނީ ކަސިޔަސްގެ ގޭގައި ހުރި އޭނާގެ އަގުހުރި އަތުކުރީ ގަޑިތަކުގެ ތެރެއިން ބައެއް ގަޑިތައް ވަގަށް ނަގައިފަ އެވެ. މި ގޮތުން ބައެއް ގަޑިތަކުގެ ބައިތައް ވަނީ ފޭކް ނުވަތަ އޭގެ އަސްލު ވަގަށް ނެގުމަށްފަހު އާދައިގެ ދެރަތަކެއްޗަށް ބަދަލުކޮށްފަ އެވެ.
މި މައްސަލަ ސްޕޭނުގެ ފުލުހުންގެ ސަމާލުކަމަށް ގެނައީ ވެސް ކަސިޔަސް އެވެ. އޭނާ މިކަހަލަ ކަމެއް އުޅޭ ކަމުގެ ޝައްކު ކުރެވުނީ ބައެއް ގަޑިތައް ބޭނުން ކުރަން އުޅުމުގެ ތެރޭގަ އެވެ. މިކަން އެނގުމާއެކު އޭނާގެ ކުރި ރިޕޯޓަށް ފުލުހުން ހިންގި ތަހުގީގަށް ފަހު ވަނީ ބައެއް ސާމާތުތައް ހޯދައިފަ އެވެ. މީގެ ތެރޭގައި ހައްޔަރުކުރި ދެމެފަރިންގެ އަތުން ހޯދި ތަކެތި ވެސް ހިމެނެ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނީ ގަޑިއެއްކޮށް ވަގަށް ނެގުމުގެ ބަދަލުގައި އޭގެ ބައިތައް ވަކިކޮށް ފޭކް ތަކެއްޗަށް ބަދަލުކޮށްގެން، އަސްލު ބައިތައް ވަގަށް ގެންދިޔައީ އެކަން ހޯދައި ބަލަން ފަށައިފިނަމަ އަތުލައިގަތުމަށް ދަތިކުރުމުގެ ގޮތުންނެވެ.

މި ގޭގައިވާ އަގުހުރި ތަކެތީގެ ފުރިހަމަ އިންވެންޓްރީ އެއް ނެތެވެ. ކައިޔަސް އަކީ އަތުކުރީ ގަޑިތައް އެއްކުރުމަށް ލޯބިކުރާ މީހެކެވެ. ވަގަށް ނެގި ގަޑިތަކުގެ އަގު 50000 ޔޫރޯ އަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. ނަމަވެސް ސްޕޭނުގެ ފުލުހުން ވަނީ ގެއްލުނު ގަޑިތަކުގެ އަސްލު އަގު މިވަގުތު ހާމަކުރަން އިންކާރުކޮށްފަ އެވެ. އެއީ ހުރިހާ ތަކެއްޗެއް ހޯދަން ދަތިވެދާނެ ކަމަށް ބަލައިފަ އެވެ.
މި މައްސަލާގައި ކަސިޔަސް އާއި އޭނާގެ ކުރީގެ އަންހެނުން އަދި ދެ ކުދިންގެ މަންމަ ސްޕޭނުގެ މަޝްހޫރު ކުޅިވަރު ހުށަހެޅުންތެރިޔާ ސާރާ ކާބެނޭރޯއާ ވެސް ފުލުހުން ސުވާލު ކުރާނެ ކަމަށްވެ އެވެ.
ސްޕޭނަށް ޖެހިޖެހިގެން ދެ ޔޫރޯ އާއި ވޯލްޑް ކަޕެއް ކާމިޔާބުކޮށްދިން ކުރީގެ އެއްވަނަ ކީޕަރު އަދި ރެއާލް މެޑްރިޑާއި ސްޕޭނުގެ ކެޕްޓަންކަން ވެސް ކުރި ކަސިޔަސް ކުޅުން ހުއްޓާލީ 2019 ވަނަ އަހަރު ހާޓްއެޓޭކެއް ޖެހުމާ ގުޅިގެންނެވެ. އޭރު އޭނާ ކުޅެމުންދިޔައީ ޕޯޗުގަލްގެ ޕޯޓޯ އަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
