
ޑިފެންޑަރުން އެންމެ މޮޅަށް ކުޅޭ އުމުރަށް އޭނާ ބަދަލުވަމުން އަންނަ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު މަތިއަސް ޑިލިޓް ބުނެފި އެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިޔާ އަކީ މިހާރު ފުރަތަމަ 11އިން ޖާގަ ލިބެމުން އަންނަ ކުޅުންތެރިއެކެވެ. ނެދަލޭންޑްސްގެ ޑިފެންޑަރު ޔުނައިޓެޑް މިހާރު ނެރެމުން އަންނަ ރަނގަޅު ނަތީޖާތަކާމެދު ވާހަކަ ދައްކަމުން ބުނީ އޭނާގެ ކުޅުންތެރިން ކުރިއަށްވުރެ ރަނގަޅު ވެއްޖެ ކަމަށެވެ. “އަހަރެންގެ އުމުރު މިދަނީ ޑިފެންޑަރަކު އެންމެ މޮޅަށް ކުޅޭ އުމުރަށް އެޅެމުން. އަހަރެން ދެކޭ ގޮތުގައި ޑިފެންޑަރަކު އެންމެ މޮޅަށް ކުޅެނީ އެ މީހެއްގެ އުމުރުން 29 އަހަރާއި 30 އަހަރާއި 31 އަހަރުގައި. އަހަރެންނަށް މިހާރު 26 އަހަރު. އެހެންވީމާ އަހަރެން އަދި މޮޅަށް ކުޅޭނެ ދުވަސްތައް އަންނަން އޮތީ،” ޑިލިޓް ބުންޏެވެ.
ޑިލިޓް އެންމެ ބޮޑަށް ވިދާލީ 2016 އިން 2019 އަށް ނެދަލޭންޑްސްގެ އަޔެކްސް އަށް އޭނާ ކުޅުނު ދުވަސްވަރު އެވެ. މިއާއެކު އޭނާގެ ސޮއި ހޯދަން ސްޕޭނުގެ ގަދަ ދެބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާއިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ޑިލިޓް 2019 ވަނަ އަހަރު ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ. އެ ޓީމުގައި 87 މެޗު ކުޅުމަށްފަހު އޭގެ ފަހުން 2022 ވަނަ އަހަރު ޖަރުމަނުގެ ބަޔާން އަށް ބަދަލުވެ 53 މެޗު ކުޅެދިނެވެ. މިދިޔަ އަހަރު ޔުނައިޓެޑަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް 32 މެޗު ކުޅެދީ ދެ ގޯލު ޖަހައިފަ އެވެ. ނެދަލޭންޑްސްގެ ގައުމީ ޓީމަށް ވެސް އޭނާ ވަނީ މިހާތަނަށް 51 މެޗު ކުޅެދީ ދެ ގޯލު ޖަހައިފަ އެވެ.
ނަމަވެސް ކުޅުންތެރިޔާގެ ކުރިއެރުން ލަސްކަމަށް ބުނެ ނެދަލޭންޑްސްގެ ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މި ގޮތުން މާކޯ ވެންބާސްޓަން ބުނެފައިވަނީ ޑިލިޓް އިޓަލީ އަށް ބަދަލުވީ ޑިފެންސްކުރަން ދަސްކުރަން ކަމަށާއި ނަމަވެސް ޔުވެންޓަސްގައި ތިން އަހަރުން ހޭދަކުރި އިރު ޑިފެންސް ކުރަން އޭނަ އަށް ދަހެއް ނުވި ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
