
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެ ތާވަލުގެ ކުރީގައި ހަމަޖެހިލައިފިއެވެ. މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް 10 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބަރނަބައު ސްޓޭޑިއަމްގައި 78 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑް އިން ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ އިން ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ނަމަވެސް އޭގެ 10 މިނިޓު ފަހުން ޖޫޑް ބެލިންހަމްގެ ޕާހަކުން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފައެވެ. މި މެޗަށް ބާސެލޯނާ ނިކުތްއިރު އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ސަސްޕެންޑް ކޮށްފައިވާތީ އޭނާ އަށް ޓީމަށް އިރުޝާދު ދިނުމަށް ބެންޗުގައި ހުރެވޭ ގޮތް ވަނީ ނުވެފައެވެ. އަދި އަނިޔާގެ ސަބަބުން ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީގެ އިތުރުން ޑެނީ އޮލްމޯ މި މެޗުގައި ކުޅެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކަސް ރަޝްފޯޑް ދިން ޕާހަކުން ފަރމިން ލޮޕޭޒްއެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ރެއާލް މެޑްރިޑަށް ވަނީ އިތުރު ލަނޑެއް ޖަހަން ރަގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ޕެނަލްޓީ އޭރިޔާ ތެރެއިން ބާސެލޯނާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ ޕެނަލްޓީ އެއް ދިން ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ބާސެލޯނާގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފައެވެ.
މި މެޗުގެ 72 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ ބަދަލު ކުރުމާއިއެކު އޭނާ ވަނީ އެ ނިންމުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މެޗަށްފަހުވެސް އޭނާގެ ރުޅިގަނޑު މަތަ ނުކުރެވިގެން އުޅުނު މަންޒަރުވަނީ ފެނިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބާސެލޯނާގެ ޕެޑްރީ އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާފައިވާއިރު ރެއާލް މެޑްރިޑްގެ ލުނިން އަށް ވެސް އޭގެ މިނިޓެއް ފަހުން ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
