
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އައްޑޫގެ ހުޅުދޫ އާއި މީދޫން އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ވަކިވެ، ވަކި ކައުންސިލެއް އުފެއްދުމަށެވެ. މިއީ “އައްޑޫ ސިޓީ ކައުންސިލްގެ އަޅުވެތިކަމުން” ސަލާމަތްވެ ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށް އެ ދެ ދާއިރާގެ މަޖިލިސް މެމްބަރުން ވިދާޅުވެއްޖެއެވެ. ފޭދޫން ނިންމާފައިވަނީ ސިޓީ ކައުންސިލްގައި ދެމިތިބުމަށެވެ. މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ވިދާޅުވީ މި ނިންމުމަކީ ކަނޑާއި ފަޅު ފަދަ ތަންތަން ބޭނުންކުރުމުގެ ފުރުސަތު މީދޫއަށް ފަހިކޮށްދީ، ރަށުގެ ތަރައްގީއަށް ރަނގަޅު ކަންކަން ކުރެވޭނެ މިނިވަންކަން ލިބުނު ކަމެއް ކަމަށެވެ. ސަރުކާރުން ދޭ ގްރާންޓުން ބޮޑު އެއްޗެއް ބާކީވެ، ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކައުންސިލުން އެއްބާރުލުން ނުލިބުމުގެ ސަބަބުން ރަށުގައި ޕްރޮޖެކްޓްތަކާއި ޓޫރިޒަމް ހިންގުމަށް ހުރަސްތައް ހުރި ކަމަށާއި، މި ބަދަލާއެކު ރަނގަޅު ތައުލީމާއި އާމްދަނީގެ ފުރުސަތުތައް އިތުރުވެ، ރަށް ދޫކޮށް ދިޔަ މީހުން އަނބުރާ ރަށަށް އައުމުގެ އުއްމީދު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އައިފަހުން، ހުޅުދޫ އައްޑޫގެ އެހެން ރަށްރަށާ ދުރުގައި އޮންނާތީ، ހިދުމަތްތައް ހޯދުމުގައި ބާކީވެ، ރައްޔިތުން ވަކިވުމަށް ވަކާލާތުކުރަމުން އައި ކަމަށެވެ. ކުރީގެ ސަރުކާރުތަކަށް މިކަން ނުކުރެވުނު ނަމަވެސް، ރައްޔިތުން އެދިގެން މިހާރު ގާނޫނަށް އިސްލާހު ގެނެސްގެން މި ފުރުސަތު ދިނީތީ އޭނާ އުފާކުރެއްވިއެވެ. ރަށަށް ބާރުތައް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ސިފަކުރެއްވިއިރު، ސިޓީ ކައުންސިލްގެ ދަށުން ވަކިވިއަސް ހުޅުދޫއަކީ އަދިވެސް އައްޑޫގެ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
