
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް އެފެއާރޒް)
މާލޭގައި އަޅާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ، މިއަދު ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް ވަނީ ސޮއިކުރައްވާފައެވެ. ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް ތަރައްގީކުރާ މި އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކިންގ ހުންނާނެއެވެ. ފުރަތަމަ ފަންގިފިލާ ރިސެޕްޝަނަށާއި ދެވަނަ ފަންގިފިލާ ކޮންފަރެންސް ހޯލަކަށް ހާއްސަކުރެވި، އެހެން ފަންގިފިލާތަކުގައި އޮފީސް ބައިތަކާއި މީޓިންގ ރޫމްތައް ހުންނާނެއެވެ. ނަމާދުކުރާ ކޮޓަރިއާއި ރޫފްޓޮޕް ހަދަނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ. މީގެ އިތުރުން ލިފްޓާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެނިކުމެ ހެދޭނެ އިންތިޒާމުތައް ވެސް ހުންނާނެއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އިސްލާމީ ހިދުމަތަށް މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އިމާރާތުން ލިބޭ އާމްދަނީގެ 20 ޕަސެންޓް ޒަކާތު ފަންޑަށް އަދި 80 ޕަސެންޓް އިސްލާމީ ވަގުފް ފަންޑަށް ޖަމާކުރެވޭނެއެވެ. މި އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ. މި މަސައްކަތް ނިންމުމަށް 540 ދުވަސް ދީފައިވާއިރު، ބީއެމްއެލް އިސްލާމިކް ފައިނޭންސްއިން ހަރަދުކުރާ މި މަޝްރޫއުގެ އަގަކީ 39،462،545.08ރ. އެވެ. ސަރުކާރުން ވަނީ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފް އިމާރާތްތައް ބިނާކުރުމަށް ނިންމާފައެވެ. އެގޮތުން މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫގައި ވަގުފް މަޝްރޫއުތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
