
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި ހިމެނޭ ބަތަލާ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދޫކުރުމުގައި އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެފި އެވެ. ޓޫރިޒަމް މިނިސްޓްރީން ބަތަލާ 20 އަހަރަށް ކުއްޔަށް ދޭން އެއްބަސްވުން ހެދީ ރައީސުލްޖުމްހޫރިއްޔާ އެރަށަކީ ޓޫރިޒަމް ބޭނުމަށް ދޫކުރާ ރަށެއް ކަމަށް ކަނޑައެޅުމުގެ ކުރިން ކަމަށް ތިމާވެށީގެ އޮޑިޓް ރިޕޯޓުގައި ވެއެވެ. އެރަށް ކުއްޔަށް ދީފައިވަނީ އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ ރޭޓުންނެވެ. އެކަމަކު ރަށުގެ ސައިޒް މީރާއަށް އަންގާފައިނުވާތީ އެއްބަސްވުން އުވާލިއިރުވެސް ކުލި ހިސާބު ނުކުރެވުނު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. ބަތަލާ ހިމެނޭ ސަރަހައްދު ޖޫން 2011 ގައި ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިއިރުވެސް އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ވަރުވާއަށް ދޫކޮށްފައި އޮތް ރަށެކެވެ. ފިޝަރީޒް މިނިސްޓްރީން ކުއްޔަށް ދިން ފަރާތަށް އެއްބަސްވުން އުވާލިކަން އަންގާފައިވަނީ ގާތްގަނޑަކަށް ތިން އަހަރު ފަހުންނެވެ.
ރަށް ރައްކާތެރި ސަރަހައްދަކަށް ކަނޑައެޅުމަށްފަހު ތިން އަހަރާއި ދެ މަސް ވަންދެންވެސް އެހެން ފަރާތަކުން ކުލި ދައްކާ ބޭނުންކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ރަށް ބޭނުންކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށްކަން ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. މީގެ އިތުރުން އެންވަޔަމެންޓް މިނިސްޓްރީން ރަށް ރައްކާތެރި ސަރަހައްދަކަށް ކަނޑައެޅިއިރު، އެރަށަކީ ކުއްޔަށްދީފައިވާ ރަށެއްކަން ބަލާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށް، މިފަދަ ނިންމުންތަކުގެ މައުލޫމާތު ފަސޭހައިން ކަށަވަރުކޮށް، އަޕްޑޭޓްތައް ބެލޭނެ ނިޒާމެއް ނެތްކަން އަންގާފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބަތަލާ ރިސޯޓު ހެދުމަށް އެއްބަސްވުން ހެދީ އޮކްޓޫބަރު 2013 ގައެވެ. އެކަމަކު މީރާއަށް އެ މައުލޫމާތު ލިބުނީ ޖުލައި 2016 ގައެވެ. އަދި އޭގެ އެއް މަސް ފަހުން އެ އެއްބަސްވުން އުވާލެވުނެވެ. އެރަށް ފަހުން އެއްކޮށް ގިރައިގެން ގޮސްފައިވެއެވެ. މީރާއަށް މައުލޫމާތު ލިބުމާއެކު ކުލި ހޯދުމަށް މަސައްކަތްކޮށް، ކުންފުނިން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުލި ދައްކާފައިވެއެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ރަށުގެ ބިން މިނެޓް މައުލޫމާތު ހުށަހަޅާފައިނުވާތީ، ދެއްކި ކުލީގެ ސައްހަކަން އޮޑިޓް އޮފީހަށް ކަށަވަރެއް ނުކުރެވުނެވެ.
ރަށް ކުއްޔަށް ދިން މުއްދަތުގައި އެރަށަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށްވާތީ، އެރަށުގައި ކުރުން މަނާ ކަންތައްތަކެއް ކަނޑައަޅާފައިވީ ނަމަވެސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއެއް ހިންގާފައިވާކަން ބަޔޮސްފިއާ ރިޒާވް އޮފީހުން އަންގާފައި އޮތް ނަމަވެސް، ސަރުކާރުން އެކަން ބަލައި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ. އެހެންކަމުން، އެ ރަށް ކުއްޔަށް ދިނުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
