
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވުމަށްފަހު، ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ދިވެހި ޤައުމަށް ދެ ގޮތަކަށް ތަރައްޤީ ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ. އެއް ގޮތަކީ ޢުމްރާނީ ގޮތުން ރާއްޖެ ތަރައްޤީކުރުމެވެ. ދެން ގެނައުމަށް އެމަނިކުފާނު ބޭނުންވާ ތަރައްޤީއަކީ އިންސާނީ ތަރައްޤީއެވެ. މާނައަކީ ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. ޢިލްމާއި ހުނަރާއި އަޚުލާޤާއި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުމަށް މި ދައުރުގެ ތެރޭގައި ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އިންސާނީ ތަރައްޤީގެ މި އަމާޒަށް ވާޞީލުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ފެށްޓެވިއެވެ. ތަޢުލީމީ ދާއިރާއަށް ބޮޑެތި އިންވެސްޓްމެންޓްތައް ކުރަން ފެށިއެވެ. މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސްކޮލަރޝިޕާއި ލޯން އެހީގެ މަޝްރޫޢުތައް ދަނީ ކުރިއަށްގެންދަވަމުންނެވެ. ޤައުމީ ވަންތަކަމުގެ ފިކުރެއް އުފެއްދުމެއް ވަކި ވުޒާރާއެއް އުފައްދަވައި، އެ މަގުން މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. މި ކަންކަމުގެ އިތުރުންވެސް ޤައުމުގެ ރައްޔިތުންގެ އުޅުމަށް ސީދާ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ޤާނޫނަކުން ދުންފަތް މަނާކުރުމެވެ. މިކަމުގެ ފަސް މަންޒަރަށް ބަލާއިރު، މިވަގުތު ރާއްޖޭގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ވަބާއަކީ މަސައްކަތް ކުރުމުގައި ދެމެހެއްޓެނިވިކަން ނެތުމާއި ކަންނެތްވުމާއި ޒިންމާދާރުކަން ނެތުންކަމަށް އިޖުތިމާޢީ ޢިލްމުވެރިން ފާހަގަކުރައްވައެވެ. އަދި މިފަދަ ސިފަތަކެއް އަށަގެންފައިވާ މައިގަނޑު އެއް ސަބަބަކީ ދުންފަތާ ރައްޓެހިވުންކަން ވެސް އިޖުތިމާޢީ އަދި ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިންނަށް ދިމާވެފައިވާ މި އިޖުތިމާޢީ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެ މުހިންމު އެއް ކަމަކީ ދުންފަތާ ދުރު ޖީލެއް އުފެއްދުންކަމާމެދު ގިނަ ބަޔަކު އިއްތިފާގުވާނެއެވެ. ދުންފަތް މަނާކުރުމަށް އެޅުއްވި ފިޔަވަޅުގެ ފަސްމަންޒަރަކީ މިއީއެވެ. މުރާލިކަމާއި ހީވާގިކަމާއި މަސައްކަތްކުރަންކެރޭ ޖީލެއް އުފެއްދުމެވެ. ދުންފަތް މަނާ ޖީލެއް އުފެދިގެންދިއުމާއެކު ސިއްޙީ ގޮތުން ދުޅަހެޔޮ، ނުރަނގަޅު އެކި އާދަތަކުން އެއްކިބާވެގެންވާ މުޖުތަމަޢެއް ބިނާކުރެވޭނެކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވެފައިވެއެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ދުންފަތް މަނާ ޖީލުގެ ބަޔަށް ޢަމަލުކުރަން ފަށާނީ އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
އެހެންކަމުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ. އަދި މި ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން ވެސް މަނާވާނެއެވެ. ދުންފަތް މަނާ ޖީލެއް ކަނޑައެޅުމުގެ އިތުރުން ދިވެހި މުޖުތަމަޢުގައި އާދަވެ ދެވިހިފާފައިފާވާ ވޭޕު ބޭނުންކުރުމުގެ ޢަމަލު ހުއްޓުވުމަށް، އެކަން ކުރުމާއި ވޭޕާއި އީ-ސިނގިރޭޓް ރާއްޖެ އެތެރެކުރުން ވެސް ސަރުކާރުން ވަނީ މަނާކުރައްވާފައެވެ. މި ފިޔަވަޅުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އެ ބޭނުންފުޅުވާ ޤާބިލު އަޙްލާޤު ރަނގަޅު މުރާލި ރައްޔިތެއް ބިނާކުރުމުގެ އަމާޒަށް ވާޞިލުވެވިދާނެކަމަށް ޞިއްޙީ، އިޖުތިމާޢީ މާހިރުން ޤަބޫލުކުރައްވައެވެ. އަދި ސަރުކާރުން މި ނިންމެވުންތަަކަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފުވެސްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
