
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ތައިލެންޑާއި ކެމްބޯޑިޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާޒިރުގައެވެ. ދެ ޤައުމުން އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ، މެލޭޝިޔާގައި މިހާރު ކުރިއަށްދާ އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު (އާސިޔާން)ގެ ސަމިޓުގެ ހަވާސާގައެވެ. ތައިލެންޑާއި ކެމްބޯޑިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި، ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. ދެ ޤައުމުގެ ދެމެދުގައި ފަސް ދުވަހުގެ މުއްދަތަކަށް ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފައިވާއިރު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. އޭނާ ވަނީ، ދެ ޤައުމުގެ ވެރިންނާ މަޝްވަރާ ކުރައްވައި، ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ.
މި ކަމާ ގުޅޭ ގޮތުން ފުރިހަމަ އެއްބަސްވުމެއްގައި ސޮއި ކޮށްފައި މި ވަނީ ކުއަލަ ލުމްޕޫރުގައި ކުރިއަށްދާ އާސިޔާންގެ މެންބަރު ޤައުމުތަކުގެ ސަމިޓުގެ ހަވާސާގައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ތައިލެންޑާއި ކެމްބޯޑިޔާއިން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައި ވަނީ، ޓްރަމްޕް އެ ދެ ޤައުމަށް އިންޒާރު ދެއްވުމާ ގުޅިގެން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިނުލައިފި ނަމަ، އެ ދެ ޤައުމާ އެކު ކުރަމުން ދިޔަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓައިލާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވާފައިވާ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ސޮއި ކޮށްފައިވާ އެއްބަސްވުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން ވެސް އާސިޔާންގެ ސަމިޓުގެ ތެރެއިން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. މި ގޮތުން، އެއްބަސްވުން ތަންފީޒު ކުރަމުންދާ ކަން ކަށަވަރު ކުރުމަށް މެލޭޝިޔާއިން ވަނީ އެ ޤައުމުގެ އަސްކަރީ ފައުޖެއް، ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ފޮނުވަން ނިންމާފައެވެ. ނަމަވެސް، މެލޭޝިޔާގެ ސިފައިން މިހާތަނަށް ފޮނުވާފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
