
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއިން އިންކާރު ކުރަމުންދާ ނަމަ، އެ ކަމަށް މޮސްކޯއަށް ބާރު އެޅުމުގެ ގޮތުން އަޅާނެ ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކަކާ މެދު އެމެރިކާއިން ވިސްނަމުންދާ ކަން ހާމަވެއްޖެއެވެ. ތެލާއި ގޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ރަޝިޔާގެ މައި ދެ ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދާދި ފަހުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ޤައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރު ކުރަމުންދާ ކަން ހާމަކޮށްފައި ވަނީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެކެވެ.
ހުޅަނގުގެ ބާރުތަކުން މިހާރު ވެސް އޮތީ ރަޝިޔާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި، އެ ޤައުމުތަކުގައި ހުރި ރަޝިޔާގެ މުދަލާއި ފައިސާ ހިފެހެެއްޓުން ހިމެނެއެވެ. ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން އިތުރު ހަތިޔާރު ގަތުމަށް ރަޝިޔާގެ މުދަލާއި ފައިސާ ބޭނުން ކުރުމަށް ހުޅަނގުގެ ބާރުތަކުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި، އެމެރިކާއިން ވަނީ އެ ކަމަށް ރުހުން ދީފައެވެ. މީގެ އިތުރުން، ވޮޝިންގްޓަނުން ހިފަހައްޓާފައިވާ މޮސްކޯގެ މުދަލާއި ފައިސާ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުން ކުރުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ދަނީ ވިސްނަމުންނެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޮގަސްޓު މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. ޕުޓިންއާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ތާވަލު ކުރެއްވުމަށް ފަހު، ޓްރަމްޕް ވަނީ މުއްދަތެއް ނެތް ގޮތުގައި އެ ބައްދަލުވުން ފަސް ކުރައްވާފައެވެ. ސަބަބަކީ، ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް އަމަލު ކުރައްވަން ޕުޓިން އިންކާރު ކުރެއްވުމެވެ.
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ޓްރަމްޕަށް އެންމެ ބޮޑަށް ބާރުއަޅަައި، ފިއްތުންތައް ކުރިމަތި ކުރަމުން ދަނީ ވިލާތުގެ ޤައުމުތަކުގެ ވެރިންނެވެ. ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ، މޮސްކޯއާ ދެކޮޅަށް ވިލާތުގެ ޤައުމުތަކުން ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ޓްރަމްޕް އެދިވަޑައިގަންނަވާ ކަމުގައެވެ. އޭގެ ތެރޭގައި މާލީ އަދި އިޤުތިޞާދީ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް ވެސް ޓްރަމްޕް އެދިވަޑައިގަންނަވައެވެ. ޓްރަމްޕްގެ އެންގެވުމަށް އެމެރިކާއިން އެންމެ ފަހުން ފިޔަވަޅު އަޅާފައި ވަނީ ތެލާއި ގޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ރަޝިޔާގެ މައި ދެ ކުންފުނި ކަމުގައިވާ ރޮސްނިޔެފްތާއި ލޫކްއޮއިލާ ދެކޮޅަށެވެ. އެ ފިޔަވަޅުތަކާ ގުޅިގެން އިންޑިޔާއާއި ޗައިނާއިން ރަޝިޔާގައި އުފައްދާ ތެޔޮ ގަތުން މަދުކުރިއެވެ. އެއާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އެމެރިކާ ޑޮލަރުން އުފުލިގެން ދިޔައެވެ.
ޓްރަމްޕް ވިދާޅުވީ، އޮކްޓޫބަރު 30ވަނަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު ބާއްވަވާ ބައްދަލުވުމުގައި ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައިލުމަށް ހުށަހެޅުއްވުމަށް ވިސްނަވަމުން ގެންދަވާ ކަމުގައެވެ. ޗައިނާއިން މިހާރު ވެސް ރަޝިޔާގެ ތެޔޮ ގަތުން މަދު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ރަޝިޔާގެ ތެޔޮ ގަތުން އިންޑިޔާއިން މުޅިން ހުއްޓައިލާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، އެ ދެ ޤައުމުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޕުޓިންގެ ވުނޭރާއި އިޤުތިޞާދީ ގުޅުންތަކާ ބެހޭ އިސް މުޝީރު ކިރީލް ދިމީތުރީފް ވިދާޅުވީ، ޚާރިޖީ ދާއިރާއިން މަޝްވަރާ ކޮށްގެން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވޮޝިންގްޓަނާއި މޮސްކޯ އަދި ކީވާ ދެމެދު ކުރަމުުންދާ މަަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ބިންތައް އެ ޤައުމަށް ދޫކޮށްލުމަށް ޓްރަމްޕް ދާދިފަހުން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ބާރު އަޅުއްވާފައެވެ. ނަމަވެސް، އޭނާ ވަނީ އެ ކަމަށް އިންކާރު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
