
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެނަމަ އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރަން ޕާކިސްތާން ތައްޔާރު ކަމަށް އެ ޤައުމުން ބުނެފިއެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މައްސަލަތަކެއް އުފެދި ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު ދެ ޤައުމުން ޙަމަލާ ބަދަލުކުރުން ހުއްޓާލާފައި ވަނީ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު ޤަޠަރުގެ ދައުޙާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހުގައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމަލާ ބަދަލުކުރުން ހުއްޓާލައި، އެއްބަސްވުމާ ގުޅޭ ތަފްޞީލީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެެއް ނިންމުމަށް އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ. އެ މަޝްވަރާތައް ތާވަލާ އެއްގޮތަށް އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލުގައި ވަނީ ފަށައިފައެވެ
މިހާރު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓައިލަން އެއްބަސްވުން ޤާއިމް ކުރި ފަހުން އެއްވެސް ޤައުމަކުން އެ އެއްބަސްވުމާ ޚިލާފުވެފައި ނުވާ ކަމަށެވެ. މިހާރު ކުރިއަށްދާ ތަފްޞީލީ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެ ނަމަ އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަފްޣާނިސްތާނުން ވެސް ބޭނުން ވަނީ ޞުލްޙައާއި އަމާން ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ފަރާތުގެ ދެމެދުގައި މަައްސަލައެއް އުފެދުނީ، ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޕާކިސްތާން ސަރުކާރުން ޠާލިބާނުންގެ ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އެ ޤައުމުގައި ނިރުބަވެރި އަމަލުތައް ހިންގާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް ޠާލިބާން ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެއެވެ. އެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވެއެވެ.
ނަމަވެސް، ޠާލިބާނުންގެ ސަރުކާރުން މި ތުހުމަތުތައް ދޮގު ކުރެއެވެ. ޠާލިބާނުން ބުނަނީ އެ ތުހުމަތުތަކަކީ އަފްޣާނިސްތާނާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި، ސަރަޙައްދީ ރޮނގާ ގުޅޭ ސަރަޙައްދުތައް ހަލަބޮލިކޮށް، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްއާ ގުޅުންހުރި ހަނގުރާމަވެރިން ހިމާޔަތްކޮށް، އަފްޣާނިސްތާނުގެ ހަމަޖެހުމާއި އިސްތިގުލާލަށް ބާރު ފޯރުވުމަށް ކުރާ ތުހުމަތުތަކެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
